ރައްޔިތުން އިޚްތިޔާރުކުރީ ރައީސް މުޢިއްޒުގެ ތަސައްވުރު، އެމަނިކުފާނާއެކު ސާބިތުވެ ހުންނާނަން: ނައިބު ރައީސް

ރައްޔިތުން އިޚްތިޔާރުކުރީ ރައީސް މުޢިއްޒުގެ ތަސައްވުރު، އެމަނިކުފާނާއެކު ސާބިތުވެ ހުންނާނަން: ނައިބު ރައީސް

Author
އައިޝަތު އަޙްމަދު
25 ނޮވެމްބަރ 2023 11:42
0

ރައްޔިތުން އިހްތިޔާރުކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސްވުރުކަމަށާއި، އެމަނިކުފާނާއެކު ސާބިތުގެ ހުންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ރައީސް ޔާމިން ޕީޕީއެމް ދޫކޮށް، އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައިވަނިކޮށް، ޕީޕީއެމްގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ގިނަ ބޭފުޅުން ވަނީ ރައީސް މުއިއްޒުއަށް ތާއީދުކުރައްވާކަން ހާމަކޮށް ޓުވީޓު ކޮށްފައެވެ. އޭގެތެރޭގައި ޕީއެންސީގެ އިސްބޭފުޅުންނާއި ޕީޕީއެމް ޕީއެންސީއަށް ތާޢީދުކުރާ ގިން ބަޔަކު އަންނަނީ ރައީސް މުޢިއްޒުއާއެކު ހުރިކަން ހާމަކުރަމުންނެވެ.

މިގޮތުން ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕާ އެއްގޮތަށް، ނާއިބު ރައީސް އަދި ޕީއެންސީގެ ނާއިބު ރައީސް ހުސައިން މުޙައްމަދު ލަޠީފް ކުރެއްވި ޓްވީޓްގައި. ވިދާޅުވީ، މި ވެރިކަމަކީ އެމަނިކުފާނުވެސް ހިމެނިވަޑައިގަންނަވާހެން އެތައް ރައްޔިތުންނެއްގެ ބައިވެރިވުމާއި ބުރަ މަސައްކަތުން ގެނައި ވެރިކަމެއްކަމަށެވެ. މިއީ ރައްޔިތުން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށްވެސް ނާއިބު ރައީސް ވިދާޅުވިއެވެ.

ރައްޔިތުން އިޚްތިޔާރުކުރެއްވީ ރައީސުލްޖުމްހޫރިްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރު. އަދި އެމަނިކުފާނު އިސްކުރައްވާނީ ތިޔަ ރައްޔިތުންގެ މަސްލަޙަތު. ވީމާ މި ވެރިކަމަކީ ރައްޔިތުންނަށް ލާބަޔާ މަންފާހުރި ނަފާވެރި ވެރިކަމަކަށް ހެދުމަށް އެމަނިކުފާނާއެކު ސާބިތުވެ ހުންނާނެކަމުގެ ޔަޤީންކަން އަރުވަން.

– ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް

ރައީސް ޔާމިން އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ޕީޕީއެމްއިން ދަނީ މިރޭ އެ ޕާޓީގެ ސެނެޓްގެ ބައްދަލުވުމަށް ބޭވުމަށެވެ. ރައީސް ޔާމިން ޕީޕީއެމް ދޫކޮށްލެއްވީ އެ ޕާޓީ ހިންގަން އެމަނިކުފާނު ސްޓިއަރިން ކޮމިޓީއެއް ހަމަޖެއްސެވުމާއި ގުޅިގެން ޕާޓީގެ އެތެރެ ހޫނުވެ އެ މަސައްކަތުގައި އުޅުއްވި ބައެއް ފަރާތްތައް ޕާޓީ ކަނޑާލުމަށް ޕީޕީއެމްއިން ނިންމާފައި ވަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.