ފޮރިން މިނިސްޓަރ ޒަމީރު، އިންޑިއާ ސަފީރާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރ ޒަމީރު، އިންޑިއާ ސަފީރާ ބައްދަލުކުރައްވައިފި

Author
އައިޝަތު އަޙްމަދު
23 ނޮވެމްބަރ 2023 09:11
0

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ނޫ މަހާވަރު ރާއްޖޭގެ އައު ފޮރިން މިނިސްޓަރު މޫސާ ޒަމީރާ މިއަދު ބައްދަލުކުރައްވައިފިއެވެ. އިންޑިއާ ސަފީރު ވަނީ މިނިްޓަރ ޒަމީރާ މިއަދު ބައްދަލުކުރެއްވި ފޮޓޯއާއެކު ޓްވީޓް ކުރައްވާފައެވެ.

އިންޑިއާ ސަފީރު ވިދާޅުވީ، އެ ބައްދަލުވުމުގައި ރާއްޖެއާ އިންޑިއާއާއި ދެގައުމުގެ ދެމެދުގައި އޮތް ޚާއްޞަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ބިނާކުރަނިވި މަޝްވަރާތަކެއް ކުރެއްވުނުކަމަށެވެ. މި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ސަފީރު ވިދާޅުވީ މިނިސްޓަރ މޫސާ ޒަމީރާ ގާތުން މަސައްކަތް ކުރައްވަން އުއްމީދުކުރައްވާކަމަށެވެ.

އިންޑިއާ ސަފީރާ ރާއްޖޭގެ ފޮރިން މިނިސްޓަރު ބައްދަލުކުރައްވާފައި މިވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ގެންދިއުމަށް ދިވެހި ސަރުކާރުން ރަސްމީކޮށް އެދިފައިވަނިކޮށެވެ. އެކަމަށް އެދިވަޑައިގެންފައިވަނީ ރައީސް ޑރ. މުޢިއްޒާއި އިންޑިއާގެ މިނިސްޓަރ އޮފް އަރތް ސައިންސެސް ކިރެން ރިޖިޖޫ އާއެކު މި މަހުގެ 18 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެގައުމަށް ފޮނުވައިލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.