ތޮލާލް ޕީޕީއެމްއިން ވަކިވެއްޖެ

ތޮލާލް ޕީޕީއެމްއިން ވަކިވެއްޖެ

Author
ހުސެއިން
22 ނޮވެމްބަރ 2023 07:27
0

ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމަށް ރައީސް މުއިއްޒު އައްޔަން ކޮށްފައިވާ ޕީޕީއެމްގެ ސެކެތްރީ ޖެނަރަލް މުހައްމަދު ތޮލާލް ޕީޕީއެމްއިން ވަކިވެއްޖެއެވެ.

ތޮލާލް އިލެކްޝަންސް ކޮމިޝަނުގައި އަމިއްލަފުޅަށް އެދިގެން މިހާރު ޕީޕީއެމްއިން ވަކިވެފައިވާކަމަށް ޕީޕީއެމްގެ އިސް އޮފިޝަލަކު ވަނީ ޔަގީން ކޮށްދީފައެވެ.

ތޮލާލް ޕީޕީއެމްއިން ވަކިވިއިރު، ރައީސް މުއިއްޒުވަނީ އޭނާ ސްޕޯޓްސް ކޮމިޝަނަރގެ މަގާމަށް އައްޔަން ކުރައްވާފައެވެ. ގާނޫނު ބުނާގޮތުން ސްޕޯޓްސް ކޮމިޝަނަރއަކަށް އެއްވެސް ސިޔާސީ ޕާޓީއެއްގައި ނުހުރެވޭނެއެވެ.

ތޮލާލް ޕީޕީއެމްއިން ވަކިވެފައިވާއިރު، ޕީޕީއެމް ހިންގުމަށް ރައީސް ޔާމިން ސްޓިއަރިން ކޮމިޓީއެއް އެކުލަވާލި މައްސަލަވަނީ ވަރަށް ބޮޑު ވެފައެވެ. އަދި އެ ކޮމިޓީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އެކޮމިޓީއަށް ރައީސް ޔާމިން ހަމަޖެއްސެވި އައްބާސް އާދިލް ރިޒާވަނީ ޕީޕީއެމްގެ އެސްޖީގެ މަގާމުން ތޮލާލް އިސްތިއުފާ ދެއްވިކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އެކަން ތޮލާލް ދޮގު ކޮށްފައި ވެއެވެ.

ސްޕޯޓްސް ކޮމިޝަނަރގެ މަގާމަށް ތޮލާލް އައްޔަން ކުރައްވާފައިވާއިރު އޭނާއަކީ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްވެސް މެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައްދު
ސާބަހޭ ރައީސް ސޯލިހުތަ އެމަގާމަށް އައްޔަން ކުރީ؟ ވާނުވާ ހަބަރު އޮންލައިން