އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލަކީ މިއަދު ޤައުމަށް ދިމާވެފައިވާ ބޮޑު މުސީބާތާކަށް ވެފައިވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
އައްޑޫގައި އޭޝިއަން އެކަޑަމީ އޮފް އެއިރޮނޯޓިކްސްގެ ނަމުގައި ހިންގާ ފްލައިން ސްކޫލަކީ، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވި، އޮޕަރޭޝަންސް ސިވިލް އެވިއޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން ރެގިއުލޭޓް ކުރަމުންދާ ތަނެކެވެ.
އައްޑޫ ފްލައިގެން ސްކޫލުގެ ދަރިވަރުންނަށް ދިމާވާ ދަތިތަކާއި، ކަންބޮޑުވުންތައް ކެންޑިނޭޅި ފާޅުކުރަމުންދާއިރުވެސް މިކަމަށް ހައްލެއް ލިބިފައި ނުވާ މައްސަލާގައި ރޮޒޭނާ ވަނީ މިކަން ހައްލު ނުވުމުގައި ކަމާއި ބެހޭ އިދަރާތަކުގެ އިހުމާލުވުން ބޮޑުކަމަށް ފާހަގަކޮށްފައެވެ. އެގޮތުން މިތަން ހިންގަމުންދާ މީހުންނާއި ގުޅިގެން އެމީހުނަށް އެހީވާ ދިވެހިންގެ ބަޔަކު ތިބިއިރު، ޓްރާސްޕޯޓް މިނިސްޓްރީ ތެރެއިންވެސް މިމީހުންނަށް ވާގިވެރިވަ ބަޔަކު ތިބިކަމަށް ރޮޒޭނާ ވިދާޅުވިއެވެ. އަދި މިނިސްޓްރީގައި ތިބި މިފަދަ މީހުންނާއިމެދު އަަޅަންޖެހޭ ފިޔަވަޅު އެޅުމަށް ރޮޒޭނާ ވަނީ ގޮވާލައްވާފައެވެ.
Mihaaru mi Flying School vejje mulhi qaumah laigenfa oi museebaathakah! Mi meehunna gulhigen mi meehunnah backing dhey dhivehi bayakah ves vaa salaam! Transport ministry ah mikan hallu kohdhevenvaane. Ministry therein mimeehunnah vaagiverivaa bayakah fiyavalhu alhan govaalan! https://t.co/4eSsPBNufu
— ?? ??????? ???? ? (@Roxeyna) December 11, 2020
ރޮޒޭނާ ވިދާޅުވީ ދިވެހި ފަސްގަނޑުގައި ތިބެގެން ތައުލީމު ހާސިލް ކުރާ ދިވެހި ދަރިވަރުންނަށް ބޭނުންހާ ގޮތެއް ހެދުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ދީގެން ނުވާނެކަމަށެވެ. އަދި މިހާރު އައްޑޫ ފްލައިން ސްކޫލު ހިންގާ މީހުން ބޭރުކޮށް އެހެން ބަޔަކު އެތަނާއި ހަވާލުކުރުމަށްވެސް ރޮޒޭނާ ވަނީ ގޮވާލާފައެވެ.
Dhivehinge fasganduga thibegen dhivehi kiyavaa kudhinnah museebaai jessumuge furusathu dhevigen nuvaane. Mimeehun beyru koffa ehen gotheh hoadhan eba jehey! Jessun kuriyas thu AAA ehge kanthah midhen bodu varu! https://t.co/4eSsPBNufu
— ?? ??????? ???? ? (@Roxeyna) December 11, 2020
އޭނާ ވަނީ އައްޑޫ ފްލައި ސްކޫލުގެ ދަރިވަރުންނަށް ދިމާވެފައިވާ ކަންވޮޑުވުންތައް ހައްލު ކުރުމަށް ޓްރާސްޕޯޓް މިނިސްޓަރ ނަހުލާގެ ކިބައިގެން އާދޭހާއިއެކު އެދިވަޑައިގަންނަވާފައެވެ. އަދި މިއަދު މިކަމަކީ ހައްލު ނުކޮށް ހަމަޖަމް ކޮށްލައިގެން ތިބޭ ވަރަށް ވުރެ މާސީރިއަސް އުދަގޫ ބޮޑު މައްސަލައެއް ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
ފްލައިން ސްކޫލާއިމެދު އެތަނުގައި ކިޔަވާ ދަރިވަރުނާއި މައްސަލަ ޖެހެން ފަށާފައިވަނީ ފްލައިން ސްކޫލާއި ދެކޮޅަށް ބައެއް ދަރިވަރުން ޕެޓިޝަނެއްހަދައި ސޮއިކޮށްފައިވާ މައްސަލާގައެވެ. އެޕެޓިޝަންގައިވަނީ ބޮޑު އަގު ނަގައިގެން އެތަން ހިންގަމުން އަންނައިރު، ކުދިންގެ މެދުގައި ތަފާތުކުރުމާއި، ބިދޭސީންނަށް އިސްކަންދެމުން އަންނަކަމަށް ބުނެއެވެ. އެދަރިވަރުންގެ ޕެޓިޝަނުގައި ވަނީ އުދުހުމުގެ ތަމްރީނުތަކަށް ފުރުސަތު ނުލިބި، ބޮޑު ޚަރަދެއް ދަރިވަރުންގެ އަތުން ހިނގަމުން އަންނަކަމަށެވެ. އަދި ކޯސް ފުރިހަމަނުވެ މުއްދަތު ދިގުލަިއގެން ދިއުމުގެ ނުތަނަވަސްކަންވެސް ދަރިވަރުން ވަނީ ފާހަގަކޮށްފައެވެ.
ފްލައިން ސްުކޫލުގެ މައްސަލާގައި ޓްރާސްޕޯޓް މިނިސްޓަރ ނަހުލާވަނީ އެތައް ހިންގާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެކަމަށް މީގެ ދުވަސްކޮޅެއް ކުރިން ވިދާޅުވެފައެވެ. ނަމަވެސް މިއަދާއި ހަމަޔަށްވެސް މިނިސްޓްރީ ތެރެއިން މިކަމަށް އެއްވެސް ހައްލެއް ގެނައުމަށް މަަސައްކަތް ކުރައްވާތަނެއް ފެނިފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ