"ދަ ގްރޭޓް އިންޑިއަން ފެމިލީ" އެމެޒޯން ޕްރައިމަށް

"ދަ ގްރޭޓް އިންޑިއަން ފެމިލީ" އެމެޒޯން ޕްރައިމަށް

Author
ފާތިމަތު ނާވީ
21 ނޮވެމްބަރ 2023 12:17
0

ސެޕްޓެމްބަރު މަހު ރިލީޒްކުރި ފެމިލީ ކޮމެޑީ ޑްރާމާ "ދަ ގްރޭޓް އިންޑިއަން ފެމިލީ" މިއަދު އެމެޒޯން ޕްރައިމް ވީޑިއޯ އަށް ދޫކޮށްލައިފި އެވެ.

2017 ގެ މިސް ވޯލްޑްގެ ތާޖު ހާސިލު ކުރި މަނޫޝީ ޗިލާރްގެ ދެވަނަ ފިލްމު "ދަ ގްރޭޓް އިންޑިއަން ފެމިލީ" އިން އޭނާ އާއި އެކުގައި ފެނިގެންދިއައީ ހުނަރުވެރި އެކްޓަރު ވިކީ ކޯޝާލްއެވެ.

ވިޖޭ ކްރިޝްނާ އަޗާރިއާ (ވިކްޓާ) ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ޑިސްފަންކްޝަނަލް ފެމިލީއެއްގެ ވާހަކަ ކިޔައިދޭ ރޮމޭންޓިކް ކޮމެޑީއެކެވެ. މި ފިލްމުގެ ޑައިރެކްޓަރު ވިކްޓާ އަކީ "ދޫމް 3″ ގެ ޑައިރެކްޓަރެވެ. އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2018 ގައި އަމީތާބް ބައްޗަން އާއި އާމިރު ޚާނާ އެކު ގެނެސްދިން "ތަގްސް އޮފް ހިންދުސްތާން" އެވެ.

މި ފިލްމަކީ މަނޫޝީ ބޮލީވުޑަށް ތައާރަފުވި ފިލްމު "ޕްރިތުވީ ސަމްރާޓް" ވެސް ގެނެސްދިން ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމެކެވެ.  ފިލްމު ރިލީޒްކުރީ ސެޕްޓެމްބަރު މަހުގެ 22 ގަ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.