ބެކަމް ސޯނަމް އާއި ޝާހުގެ ގޭގައި

ބެކަމް ސޯނަމް އާއި ޝާހުގެ ގޭގައި

Author
ފާތިމަތު ނާވީ
21 ނޮވެމްބަރ 2023 06:31
0

އިނގިރޭސި ވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް، ހާއްސަ ދައުވަތަކަށް ބޮލީވުޑްގެ ސުޕަސްޓާރު ޝާހުރުކް ހާން އާއި ބޮލީވުޑްގެ އެކްޓްރެސް ސޯނަމް ކަޕޫރުގެ ގެއަށް ރޭގަނޑުގެ ކެއުމަށް އިންސާފު ކުރުމަށް ގޮސްފައިވާ ފޮޓޯތަކެއް އެތަރިންގެ ސޯޝަލް މީޑިއާ އެކައުންޓުގައި ވަނީ ހިއްސާ ކޮށްފައިއެވެ.

ޑޭވިޑް ބެކަމް މި ވަގުތު ހުރީ އިންޑިއާގަ އެވެ. އޭނަގެ އިންޑިއާ މި ދަތުރަކީ މިހާރު ކުރިއަށްދާ ކްރިކެޓް ވޯލްޑް ކަޕްގެ މެޗްތަކެއް ބަލާލަން ކުރާ ދަތުރެކެވެ. އެގޮތުން އޭނާ ވަނީ ސެމީ ފައިނަލް މެޗު ދަނޑުގައި އިނދެ ވަގުތުން ބަލައިފައިއެވެ.

 

View this post on Instagram

 

A post shared by Sonam A Kapoor (@sonamkapoor)

ސޯނަމް އާއި އޭނާގެ ފިރިމިހާ ވަނީ މިދިއަ ބުދަ ދުވަހުގައި ބެކަމް އަށް ހާއްސަ ދައުވަތެއް ދީފައިއެވެ. އެދައުވަތު ގަބޫލު ކޮށް ބެކަމް ވަނީ ރޭގަނޑު ގެ ކެއުމަށް ގޮސްފަިއވެސް މެއެވެ. މި ޑިނާ ޕާޓީގައި ބޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިން ވަނީ ބައިވެރިވެފައިއެވެ.

އަދި އެއާއި އެކުގައި ބެކަމް އާއި އެކުގައި އެމީހުންވަނީ ފޮޓޯ ނަގައިފައިއެވެ. ތަރިންގެ ސޯޝަލް މީޑިއާ ވަނީ ބެކަމް އާއި އެކުގައި ނަގައިފައި ވާ ފޮޓޯތަކުން ފުރައިލައިފައިއެވެ.

 

View this post on Instagram

 

A post shared by David Beckham (@davidbeckham)

މީގެ އިތުރުން އިންސްޓަގްރާމްގައި ޝާހްރުކާ އެކީ ނަގާފައިވާ ފޮޓޯއަކާ އެކީ އަންހެނުން ގޯރީ ޚާން ވެސް ޓެގްކޮށް ބެކަމް ބުނީ މުމްބާއީގައި ހުންނަ ޝާހްރުކްގެ ގެ، މަންނަތަށް ކެއުމަކަށް ދައުވަތު ލިބުމަކީ ޝަރަފެއް ކަމަށެވެ.

އަދި ދައުވަތަށް ވަރަށް ބޮޑަށް ވަނީ ޝުކުރުވެސް އަދާކޮށްފައިއެވެ. މީ ބެކަމް އިންޑިއާއަށް ކުރާ ފުރަތަމަ ދަތުރެވެ. މި ދަތުރުގައި ބޮލީވުޑްގެ ތަރިންގެ ފަރާތުން އޭނާ އަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައިއެވެ.

 

View this post on Instagram

 

A post shared by David Beckham (@davidbeckham)

ބެކަމް، 48، އަކީ އާޖެންޓީނާގެ މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނަލް މެސީ މިހާރު ކުޅެމުން އަންނަ އެމެރިކާގެ ޓީމް، އިންޓަ-މަޔާމީގެ ހިއްސާދާރެއްގެ އިތުރުން އެ ކުލަބްގެ ރައީސެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.