ބޮލީވުޑްގެ ސްޕަސްޓާރު ޝާހުރުކް ހާންގެ ފްރެންޗައިޒް "ޑޮން" ގެ 3 ވަނަ ފިލްމް "ޑޮން 3″ ގެ ބަތަލާ އަކަށް ޕްރިޔަންކާ ސޮއި ކޮށްފައިވާކަމަށް މީޑިއާ ރިޕޯޓްތަށް ބުނެފިއެވެ.
މިފަހުން ޕްރިޔަންކާ ވަނީ އިންޑިއާ އަށް ދަތުރެއް އަޅައިފައިއެވެ. މިދަތުރުގެ އެންމެ މުހިންމު އެއް ބޭނުމަކީ އިންޑިއާގެ މަހުޖަނު އަންބާނީ ގެ އާއިލާ އިން ހުޅުވި ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތެވެ.
ނަމަވެސް މިދަތުރުގައި އޭނާ ވަނީ ކުޅޭނެ ފިލްމް ތަކަށް ސޮއި ކޮށްފައި ކަމަށް މީޑީއާ އިން ވަނީ ބުނެފައިއެވެ. ނަމަވެސް މިކަމާއި ބެހޭގޮތުން ރަސްމީކޮން އެއްވެސް އެއްޗެއް މިހާތަނަށް ރަސްމީފަރާތަކުން ބުނެފައިއެއް ނުވެއެވެ.
ބައެއް ޕްރޮޑިއުސަރުންނާއި ބައްދަލުކޮށް ބައެއް ޕްރޮޖެކްޓް ކޮށް ފައިނަލް ކޮށްފައިވާ ކަަމަށާއި އެގޭ ތެރޭގައި "ޑޮން3″ ވެސް ހިމެނޭ ކަމަށް ރިޕޯޓްތަށް ބުނެއެވެ. ޕްރިޔަންކާ މި ފިލްމް އަށް ސޮއި ކުރިއިރުގައި މި ފިލްމްގެ ލީޑަށް ވަނީ ރަންވީރު ސިންގް ނަގައިފައިއެވެ.
މީގެ ކުރިން ގެނެސްދިން ޑޮން" ގެ ފިލްމް ތަކުން ފެނިގެން ގޮސްފައިވަނީ ޕްރިޔަންކާ އާއި އެކުގައި ސްޕަސްޓަރު ޝާހުރުކް ހާންއެވެ. ނަމަވެސް ތިންވަނަ ފިލްމް އޭނާ ނުފެންނާނެއެވެ.
"ޑޮން"ގެ އެއް ވަނަ ފިލްމާއި ދެ ވަނަ ފިލްމަށް ބޮޑު ތަރުހީބެއް ލިބި، މީގެ ތިން ވަނަ ފިލްމެއް ހަދަން އުޅޭ ކަމަށް ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީ އިއުލާން ކޮށް މިހާރު އޮތީ ފިލްމް ގެ ބޮޑު ބައިގެ މަސައްކަތް ވެސް ނިންމައިފައިއެވެ.
ޑައިރެކްޓަރު / އެކްޓަރު ފަރުހާން އަހުތަރު އެންމެ ފަހުން ޑައިރެކްޓްކުރީ 2011 ގައި ގެނެސްދިން "ޑޮން 2″ އެވެ. އަދި މީގެ ފުރަތަމަ ބައި ރިލީޒްކުރީ 2006 ގަ އެވެ. "ޑޮން 3″ ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައި ވަނީ 2025 ގަ އެވެ.