އައްޑޫ ޑްރަގް ކޭސް: އަބްދުﷲ އިބްރާހިމް މައްޗަށް 3 ދައުވާއެއް

އައްޑޫ ޑްރަގް ކޭސް: އަބްދުﷲ އިބްރާހިމް މައްޗަށް 3 ދައުވާއެއް

Author
މުޙައްމަދު ޝަޒައިމް
11 ޑިސެމްބަރ 2020 08:55
0

އައްޑޫ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި، އިސްކޮށް ހަރަކާތްތެރިވެފައިވާކަމަށް ތަހުގީގަށް ފާހަގަކުރެވުނު ޢަބްދުﷲ އިބްރާހީމްގެ މައްޗަށް 3 ދައުވާ އެއް ހުށަހަޅައިފިއެވެ.

‎ޢަބްދުﷲ އިބްރާހީމް ސ. ހިތަދޫ/ފިނިފަރު، އޭނާގެ މައްޗަށް އުފުލާފައިވާ ތިން ދައުވާ އަކީ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ދައުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާއެވެ. މިމައްސަލާގައި ދެން ދައުވާ އުފުލާފައިވާ މުޙައްމަދު ޔާމިން ނަޞީރު ސ.ހިތަދޫ/ކޯޅި، އޭނާގެ މައްޗަށް ދެ ދައުވާ އެއް އުފުލާފައިވެއެވެ. ޔާމިންގެ މައްޗަށް އުފުލާފައިވަނީ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާއާއި، ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވައެވެ.

މިމައްސަލާގައި ދެން ދައުވާ ކޮށްފައިވާ 5 މީހުންނަށް ކޮށްފައިވަނީ ރާޢްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ދައުވާއެވެ. މަސްތުވާތަކެތި އެތެރެ ކުރުމުގެ ދައުވާ ކޮށްފައިވާ 5 މީހުންނަކީ:

– ޢަބްދުﷲ ސަޢީދު (އ) ސ. ހިތަދޫ/ވައިޓްރޯސް

– ‎ޙުސައިން ސިމާޙު ސ. ހިތަދޫ/މަންދޫބުގެ

– ‎ޙަސަން ޢާމިރު ސ. ހިތަދޫ/ފިނިފަރު

– ‎ރުޝާން އަޙްމަދުދީދީ ސ. ހިތަދޫ/މަންދޫބުގެ

– ހޫދު ލަޠީފް ސ. ހިތަދޫ/ބްލޫބާރޑް

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ކުރި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ ސިޓީން 98 ކިލޯ މަސްތުވާތަކެއްޗާއެކު، 3 އޮކްޓޯބަރުގައި ހައްޔަރުކުރި މީހުންގެ ތެރެއިން 7 މީހުންގެ މައްޗަށް 10 ދަޢުވާ، ހިތަދޫ ކޯޓަށް ހުށަހަޅައިފައިވާކަމަށެވެ. މިއީ ދެކުނުގެ ބޮޑު ނެޓްވޯކު ކަމަށާއި، މި މައްސަލައިގައި ހެކިންނަށް ތިބީ ފުލުހުންކަމަށް ޕީޖީ ވިދާޅުވިއެވެ. ޕީޖީ ވިދާޅުވީ މިމައްސަލާގައި ކޯޓުން އަވަސް ޝަރީޢަތެއް ހިންގަވާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ޕީޖީ ވިދާޅުވީ މިމައްސަލަ ތަޙްޤީޤު ކުރެއްވި، ފުލުހުން ގެ އިންވެސްޓީގޭޓަރުން ހިންގީ ރަނގަޅު ތަޙްޤީޤެއްކަމަށާއި،ި ޕީޖީ އޮފީހުގެ ޑްރަގް ޔުނިޓުގެ ބޭފުޅުން، އެބޭފުޅުންގެ މަސައްކަތްވެސް ފުރިހަމަކޮށްފައިވާކަމަށެވެ. ދެން އޮތީ މިމައްސަލާގައި ރަނގަޅު ކޭހެއް ކޯޓުގައި ހުށަހެޅުންކަމަށާއި، އެކަމަށްވެސް ފުރިހަމައަށް ތައްޔާރުވަމުންދާކަމަށް ޕީޖި ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.