މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް ބައިޑްންގެ ޚާއްސަ ވަފުދެއް

މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް ބައިޑްންގެ ޚާއްސަ ވަފުދެއް

Author
ހުސެއިން
15 ނޮވެމްބަރ 2023 03:06
0

އަންނަ ހުކުރު ދުވަހު ރާއްޖޭގެ ރައީސްކަމާއި ހަވާލުވެވަޑައިގަންނަވާ ޑރ. މުއިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ފަރާތްޕުޅުން ޚާއްސަ ވަފުދެއް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

އެމެރިކާގެ ވައިޓްހައުސްއިން ބުނެފައިވާ ގޮތުގައި އެ ވަފްދުގައި ހިމެނިވަޑައިގަންނަވަނީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ހޫގޯ ޔޮން އާއި، ސްޕެޝަލް އެސިސްޓެންޓް ޓު ދި ޕްރެޒިޑެންޓް އެންޑް ސީނިއާ ޑިރެކްޓާ ފޯ ކްލައިމެޓް އެންޑް އެނާޖީ، ނެޝަނަލް ސެކިއުރިޓީ، ސާރާ ލެޑިސްލޯއެވެ.

މިވަފްދުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ އެމެރިކާގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެޖެންސީގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަަވާއެވެ.

ރާއްޖެއާއި ޚާރިޖީ ގުޅުން ގާއިމްކޮށްފައިވާ ގިނަ ގައުމުތަކުން ދަނީ އެގައުމުތަކުގެ ވެރީންގެ ފަރާތުން ޚާއްސަ މަންދޫބުން މި ރަސްމިއްޔާތައް ފޮނުއްވަމުންނެވެ.

އެގޮތުން މި ރަސްމިއްޔާތުގައި ޗައިނާއިން އެ ގައުމުގެ ރައީސް ޝީޖިން ޕިންގެ ފަރާތުން ފޮނުއްވަނީ ރައީސްގެ ޚާއްސަ މަންދޫބު އަދި ސްޓޭޓް ކައުންސިލަރު، ޝެން ޔިޖިންއެވެ. އެންމެ އަވަށްޓެރި އިންޑިއާގެ ފަރާތުން ބައިވެރިވަނީ އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ސައިންސް މިނިސްޓަރ ކިރަން ރިޖުޖު ކަން އެނގިއްޖެއެވެ.

ޑރ. މުއިއްޒު ހުވާކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ހަވީރު، ޖުމުހޫރީ މައިދާނުގައި، ހަވީރު 4:45 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޖ ޖޯ ބައިޑަން
މިކަހަލަ ނުލަފާ ޖައްބާރު ވެރިން ތިބޭ ގައުމު ތަކުން މީހުން ގެންނަން މި ވެރިން އޯކޭ. ވަކި ބަޔަކު ކުރީމާ ކަމުނުދަނީ މި މީހުންނަށް ވެސް.......