ޝުމްބާ ހައްޔަރު ކުރި މައްސަލައިގައި ދައުލަތުން މާފަށް އެދެން ޖެހޭ: އިންތިޤާލީ އިންސާފުގެ އޮފީސް

ޝުމްބާ ހައްޔަރު ކުރި މައްސަލައިގައި ދައުލަތުން މާފަށް އެދެން ޖެހޭ: އިންތިޤާލީ އިންސާފުގެ އޮފީސް

Author
ހުސެއިން
15 ނޮވެމްބަރ 2023 06:37
0

މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ކައުންސިލް މެމްބަރު އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ހައްޔަރު ކުރި މައްސަލައިގައި ދައުލަތުން މާފަށް އެދެން ޖެހޭ ކަމަށް އިންތިގާލީ އިންސާފުގެ އޮފީހުން ނިންމައިފިއެވެ.

އިންތިގާލީ އޮފީހުން އެގޮތަށް ނިންމީ 2015 ވަނަ އަހަރު އޭރުގެ ސަރުކާރު މެދުވެރިވެ އޭނާ ސްރީލަންކާއިން ހައްޔަރު ކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށްބުނެ އޭނާ ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށްފަހުއެވެ.

އޭނާ ހައްޔަރު ކުރި މައްސަލާގައި އިންތިޚާލީ އޮފީހުން ކުރިޔަށް ގެންދިޔަ ތަހުގީގުގައި ނިންމާފައިވަނީ އޭނާ ހައްޔަރު ކޮށްފައިވަނީ ގާނޫނާ ޚިލާފަށްކަން ކަށަވަރުވާ ކަމަށާއި، އެކަމުގައި ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއް އޮތް ކަމުގައެވެ.

އެހެންކަމުން ދިވެހި ރައްޔިތަކު ނުހައްގުން ބަންދުގައި ބެހެއްޓުމަކީ ދައުލަތުން ޒިންމާ އުފުލާންޖެހޭ ކަމެއްކަމަށް ނިންމާ، އެ މައްސަލާގައި ދައުލަތުގެ ފަރާތުން މާފަށް އެދެންޖެހޭކަމަށް އެ އޮފީހުން ނިންމާފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.