ރެމޯގެ އައިސީޔޫގައި! ހާލަތު ސްޓޭބަލް

ރެމޯގެ އައިސީޔޫގައި! ހާލަތު ސްޓޭބަލް

Author
ޢަލީ އާދަމް
11 ޑިސެމްބަރ 2020 06:37
0

ބޮލީވުޑްގެ މަޝްހޫރު ކްރެއޮގަރާފަރ އަދި ޑައިރެކްޓަރ ރެމޯ ޑިސޫޒާ އަށް ހާޓް އެޓޭކެއް ޖެހި އައިސީޔޫގައި ފަރުވާދެމުންދާއިރު ހާލަތު ސްޓޭބަލް ކަމަށް އާއިލާއިން ބުނެފިއެވެ.

46 އަހަރުގެ ރެމޯއަށް ހާޓްއެޓޭކެއް ޖެހި އައިސީޔޫގައި އެޑްމިޓްކުރީ މިއަދު މެންދުރުފަހު އެވެ. އަދި އޭނާއަށް ފަރުވާދެމުންދަނީ މުމްބާއީގެ ކޮކިލާބެއިން ހޮސްޕިޓަލުގެ އައިސީގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރެމޯ އަކީ ގިނަ ޑާންސް ޝޯވ ތަކެއް ޖަޖްކޮށްދިން ފަންނާނެކެވެ. މީގެއިތުރުން ސްޓަރ ޕްލަސްގެ މަޝްހޫރު ރިއަލިޓީ ޝޯވ ޑާންސް ޕްލަސް އަކީ އޭނާގެ އަމިއްލަ ޕްރޮޑަކްޝަނެކެވެ.

ރެމޯ އަކީ ބޮލީވުޑްގެ މަޝްހޫރު ގިނަ ފިލްމުތަކަކަށް ކޮރެއޮގްރާފްކޮށްދީ، ގިނަ އެވޯޑްތަކެއްވެސް އެދާއިރާއިން ހާސިލްކޮށްފައިވާ ފަންނާނެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.