ޗައިނާ ސަފީރު، ނަޝީދަށް: ނުބައި ހިސާބު ނުޖައްސަވައި، އެކައުންޓް ފޮތް ބައްލަވާ ލައްވާ!

ޗައިނާ ސަފީރު، ނަޝީދަށް: ނުބައި ހިސާބު ނުޖައްސަވައި، އެކައުންޓް ފޮތް ބައްލަވާ ލައްވާ!

Author
މުޙައްމަދު ޝަޒައިމް
11 ޑިސެމްބަރ 2020 03:58
0

ކުރިއަށް އޮތް 14 ދުވަސް ތެރޭ ރާއްޖޭގައި ޗައިނާގެ ބޭންކު ތަކަށް 15 މިލިޔަން ޑޮލަރު ދައްކަން ޖެހޭކަމަށް ވިދާޅުވެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަތައް ޗައިނާ ސަފީރު ރައްދު ދެއްވައި އެކަން ދޮގުކުރައްވައިފިއެވެ.

ޗައިނާގެ ލޯނުތަކާއި ހެދި ކޯވިޑަށް ފަހުގައިވެސް ރާއްޖެއަށް ހަމަ ނޭވާއެއް ލެވޭކަތް ނެތްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިއަދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ޗައިނާ ސަފީރު ޖަންގް ލީ ޖޮންގް ވިދާޅުވީ، ބޭންކްތަކުން ދިން މައުލޫމާތަށް ބަލާއިރު، ރާއްޖެއިން، 14 ތެރޭގައި ތެރޭގައި ޗައިނާގެ ބޭންކްތަަކަށް ދައްކަން ޖެހޭ 15 މިލިއަން ޑޮލަރު ޕޭމެންޓެެއް ނެތް ކަމަށެވެ. އަދި އެކައުންޓް ފޮތްތައް ބައްލަވާލައްވާ، ބަޖެޓަށް އެ ފައިސާ ރައްކާކޮށްލެއްވުމަށް މަޖާޒީ ގޮތެއްގައި ސަފީރު ވަނީ ނަޝީދަށް ދަންނަވާފައެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވެފައިވަނީ ކޯވިޑް-19 ގެ ބަލިމަޑުކަމަށްފަހު ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އޮތް ގޮންޖެހުމަކީ ޗައިނާގެ ލޯނުތައްކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް 14 ދުވަސް ތެރޭ ރާއްޖޭގެ ޓްރެޝަރީން ޗައިނީޒް ބޭންކު ތަކަށް 15 މިލިޔަން ޑޮލަރު ދައްކަން ޖެހޭކަމަށެވެ. މިބޭން ތަކުން މިހާތަނަށް އެއްވެސް ލޯނަކަށް ލުޔެއް ދީފައި ނުވާއިރު، މިއީ ކުރިއަށް އޮތް 14 ދުވަހުގެ ރާއްޖެއަށް ވަންނަ އަމްދަނީގެ 50 އިންސައްތަ ކަމުގައި މަޖިލިސް ރައީސް ވިދާޅުވިއެވެ. މަޖިލިސް ރައީސް ވިދާޅުވި ޗައިނާގެ ލޯނުތަކާއި ހެދި ކޮވިޑަށް ފަހުގައިވެސް ރާއްޖެއަށް ހަމަ ނޭވާއެއް ލެވޭކަތް ނެތްކަމަށެވެ.

ނަޝީދު ޗައިނާއަށް އަމާޒުކޮށް ދައްކަވާ ވާހަކަތާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ޗައިނާ އިން ލޯނާއި އެކި އެކި އެހީ ނަގައިގެން ކުރީގެ ސަރުކާރުން ހިންގެވި މަޝްރޫޢުތަށް ކަމުނުދާއިރު، ޗައިނާ އިން ނަގާފައިވާ ލޯނަށްވުރެ ދެފުށް ނުފެންނަ ގޮތަކަށް އިންޑިއާއިން ލޯނު ނަގަން މި ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.