14 ދުވަހުގެ ތެރޭ ޗައިނާއަށް 15 މިލިޔަން ޑޮލަރު ދައްކަންޖެހޭ، ހަމަނޭވާ ލެވޭކަށް ނެތް: ނަޝީދު

14 ދުވަހުގެ ތެރޭ ޗައިނާއަށް 15 މިލިޔަން ޑޮލަރު ދައްކަންޖެހޭ، ހަމަނޭވާ ލެވޭކަށް ނެތް: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
11 ޑިސެމްބަރ 2020 02:25
0

ޗައިނާގެ ލޯނުތަކާއި ހެދި ކޯވިޑަށް ފަހުގައިވެސް ރާއްޖެއަށް ހަމަ ނޭވާއެއް ލެވޭކަތް ނެތްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަނެއްކާވެސް ޗައިނާއަށް ފާޑުވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަމަށްފަހު ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އޮތް ގޮންޖެހުމަކީ ޗައިނާގެ ލޯނުތައްކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް 14 ދުވަސް ތެރޭ ރާއްޖޭގެ ޓްރެޝަރީ ޗައިނީޒް ބޭންކު ތަކަށް 15 މިލިޔަން ޑޮލަރު ދައްކަން ޖެހޭކަމަށެވެ. މިބޭން ތަކުން މިހާތަނަށް އެއްވެސް ލޯނަކަށް ލުޔެއް ދީފައި ނުވާއިރު، މިއީ ކުރިއަށް އޮތް 14 ދުވަހުގެ ރާއްޖެއަށް ވަންނަ އަމްދަނީގެ 50 އިންސައްތަ ކަމުގައި މަޖިލިސް ރައީސް ވިދާޅުވިއެވެ. މަޖިލިސް ރައީސް ވިދާޅުވި ޗައިނާގެ ލޯނުތަކާއި ހެދި ކޮވިޑަށް ފަހުގައިވެސް ރާއްޖެއަށް ހަމަ ނޭވާއެއް ލެވޭކަތް ނެތްކަމަށެވެ.

ރައީސް ނަޝީދު ވަނީ މިސަރުކާރަށް ދެ އަހަރު ފުރު ދުވަހުގައި އެމްޑީޕީގެ ހަރުގޭގައި ވާހަކަ ދައްކަވަމުންވެސް ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެދުވަހު ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ މިއަދު މިހާތަލަތުގައި އޮތީ ޗައިނާގެ ސަބަބުންކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާއިން ނަގާފައިވާ ލޯނުތަކާއި، ދަރަނިތައް ހޯދަން މިއަދު ކެނޑިނޭޅި އެޤައުމުން މަސައްކަތް ކުރަމުންދާއިރު، އެބޭފުޅުން ދުނިޔެ މިހާރު އޮތް ހާލަތަށްވެސް ނުބައްލަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާވީ މިސަރުކާރުން މިއަހަރުގެ ބާކީ އޮތްބާގައި ދަރަނީގެ ގޮތުގައި ޗައިނާއަށް 86 މިލިޔަން ޑޮލަރު ދައްކަންޖެހޭކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ޗައިނާއިން ގެންގުޅެނީ ދުނިޔޭގެ އެއްވެސް ޤައުމެއް ނުދަންނަ ބީރައްޓެހި ސިޔާސަތެއް ކަމަށާއި، ދަރަނި ފަސްކުރުމަށް އެދުމުންވެސް އެކަމަށް ޗައިނާ އެއްބަސްވެފައި ނުވާކަމަށެވެ. ނަމަވެސް ކިތަންމެ ވަރަކަށް އެފައިސާ ހޯދަން އައިކަމުގައި ވީނަމަވެސް ނެތް އެއްޗެއް ނުދެވޭނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު ޗައިނާއަށް އަމާޒުކޮށް ދައްކަވާ ވާހަކަތާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ޗައިނާ އިން ލޯނާއި އެކި އެކި އެހީ ނަގައިގެން ކުރީގެ ސަރުކާރުން ހިންގެވި މަޝްރޫޢުތަށް ކަމުނުދާއިރު، ޗައިނާ އިން ނަގާފައިވާ ލޯނަށްވުރެ ދެފުށް ނުފެންނަ ގޮތަކަށް އިންޑިއާއިން ލޯނު ނަގަން މި ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.