އިލޮން މަސްކްގެ ހަޔާތަށް ފިލްމެއް

އިލޮން މަސްކްގެ ހަޔާތަށް ފިލްމެއް

ދުނިޔޭގެ އެންމެ މުއްސަދި މިހާ އިލޮން މަސްކް ގެ ހަޔާތުގެ މައްޗަށް ފިލްމް އެއް ހަދަން ނިންމައިފިއެވެ.

އިލޮން މަސްކް އަކީ ދުނިޔޭގައި ހުރި އެންމެ ބޮޑު މަހުޖަނުއެވެ. އެމެރިކާގެ ލިޔުންތެރިޔާ އަދި ސީއެންއެންގެ ކުރީގެ ސީއީއޯ ވޯލްޓާ އައިސާކްސަން ނެރުނު އިލޮންގެ ބައޮގްރަފީ "އިލޮން މަސްކް" އަށް ބިނާކޮށް ނެރުނު ފޮތުގެ މައްޗަށް ހަދާ މި ފިލްމް އަކީ ވަރަށް ޝައުގުވެރު ފިލްމް އަކަށް ވެގެންދާނެއެވެ. '

މި ފިލްމްގައި ދުނިޔޭގެ އެންމެ ބޮޑު މަހުޖަނުގެ ދިރިއުޅުމުގެ ބޮޑު ބައެއް ދައްކައިދޭނެ ކަމަށް ބެލެވެއެވެ. އެ ފިލްމު ހަދާކަން އިލޮން ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައި ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ފިލްމް ފިލްމުގައި އިލޮންގެ ރޯލު ކުޅެނީ ކާކު ކަމެއް އަދި ނޭނގެ އެވެ.

ރިޕޯޓްތައް ބުނީ އެ ފިލްމު ހެދުމަށް ރައިޓްސް ގަނެފައި ވަނީ ހޮލީވުޑްގެ ކުރިއަރަމުން އަންނަ ސްޓޫޑިއޯ، އޭޓުޒީން ކަމަށެވެ. އެ ފިލްމު ޑައިރެކްޓްކުރާނީ ޑެރެން އެފްރޮނޯސްކީއެވެ.

އިލޮން އަކީ ލަގްޒަރީ ކާރު ބްރޭންޑް، ޓެސްލާ އާއި ޖައްވީ ކުންފުނި، ސްޕޭސް އެކްސް އާއި ކުރީގެ ޓްވިޓާ އަދި މިހާރުގެ "އެކްސް"ގެ ވެސް ވެރިއާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *