"ޔޯދާ" އަންނަ އަހަރަށް ފަސްކޮށްފި

"ޔޯދާ" އަންނަ އަހަރަށް ފަސްކޮށްފި

Author
ފާތިމަތު ނާވީ
13 ނޮވެމްބަރ 2023 09:29
0

ބޮލީވުޑްގެ ޒުވާން އެކްޓަރު ސިދާތު މަލްހޯތުރާގެ ކުރިއަށް އޮތް ފިލްމު "ޔޯދާ" އަންނަ އަހަރަށް ފަސްކޮށްފި އެވެ.

ފިލްމް އަންނަ އަހަރަށް ފަސްކުރި ކަން އިއުލާން ކުރުމުގެ ގޮތުން ވަނީ އައު ޕޯސްޓަރު ތަކެއް ވެސް ދައްކައިލައިފައިއެވެ. ދެފަރެއްގެ މަތިން އެޅުވުން ފަސްކުރި ފިލްމް އެންމެ ފަހުން އަންނަ އަހަރަށް ފަސްކުރި ސަބަބު ވަރަށް ސާފެވެ.

މިއަހަރުގެ ކުރިއަށް ހުރީ ބޮޑެތި ތަރިންގެ ފިލްމް ތަކެކެވެ. މިހާރަށް ބަލާއިރުގައި އެއްވެސް ފިލްމް އަކާއި ސިދާތްގެ "ޔޯދާ" މުޑި އަރަށް ދަރްމާއިން ބޭނުމެއް ނޫނެވެ. ބޮޑެތި ފިލްމް ތަކެއް މިއަހަރު ފްލޮޕް ވެފައިވާ އިރުގައި މި ފިލްމްގައި ފްލޮޕް ތައްގަނޑު ޖަހަން ދަރްމާއިން ބޭނުމެއް ނުވާނެއެވެ.

 

View this post on Instagram

 

A post shared by Sidharth Malhotra (@sidmalhotra)

"ޔޯދާ" އަކީ އެކްޝަން ތުރިލާއެކެވެ. މި ފިލްމަކީ ސިދާތު ފިލްމީ ދާއިރާ އަށް ނެރެދިން ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ ފިލްމެކެވެ. ސުނިލް ޝެޓީ އާއި ދިޝާ ޕަޓަނީ އަދި ރާޝީ ކަންނާ ވެސް އުޅޭ މި ފިލްމަކީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ސާގަރު އަމްބުރޭ އާއި ޕުޝްކަރު އޯޖާގެ މަސައްކަތެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.