ރާއްޖެއަށް ދޫނި ހިޖުރަކުރަން ފަށައިފި. ގޯނާ ނުކުރަން އެދިއްޖެ

ރާއްޖެއަށް ދޫނި ހިޖުރަކުރަން ފަށައިފި. ގޯނާ ނުކުރަން އެދިއްޖެ

Author
އައިޝަތު އަޙްމަދު
09 ނޮވެމްބަރ 2023 05:14
0

މި ދުވަސްވަރު އެކި ބާވަތުގެ ދޫނި ރާއްޖެއަށް ހިޖުރަކުރާނެ ކަމަށް ބެލެވޭތީ ހިޖުރާ ކުރާ ދޫނިތަކަށް އަނިޔާނުކުރުމަާއި، އެފަދަ  ކަމެއްކުރާނަމަ ރިޕޯތްކުރަން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

އީޕިއޭއިން ބުނީ އިރުވައި މޫސުމާއި ގުޅިގެން ދުނިޔޭގެ ކަންކޮޅުތަކުން އެކި ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރާ ކަމަށާއި، މިފަދައިން ހިޖުރާ ކުރާ ދޫނި ސޫފާސުއިއްޕަކީ "ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭތަކެއްޗާބެހޭ ޤަވާޢިދުގެ" ދަށުން ހިމާޔަތްކުރެވިފައިވާ ދިރުންތަކެއްކަމަށެވެ. މި ޤަވާޢިދުގެ ދަށުން އެފަދަ ދޫނިތައް ހިފާ ގެންގުޅުމަކީ މަނާ ކަމެއްކަމަށށާއި، ރާއްޖޭގައި ފެންނަ ގިނަ ބާވަތްތަކުގެ ދޫންޏަކީ މިގޮތަށް މޫސުމާއި ގުޅިގެން ރާއްޖެއަށް ހިޖުރާ ކުރާ ދޫނިތަކެއްކަމށްވެސް އީޕީއޭއިން ބުންޏެވެ.

އެހެންކަމުން، މިތަކެތި ރައްކާކުރުމަކީ ރާއްޖޭގެ ދިރުންތަކުގެ ސިންދަފާތު ނުވަތަ ޤުދުރަތީ ވެށީގެ މުއްސަދިކަން ރައްކާތެރިކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމަށް އީޕީއޭިން ބުންޏެވެ. މިގޮތަށް ރާއްޖެއަށް ހިޖުރަ ކުރާ ދޫނި، ވިޔަފާރި ކުރުމާއި، މުނިފޫހިފިލުވުމަށް ހިފާ ގެންގުޅޭކަން އެ އެޖެންސީއަށް ފާހަގަކުރެވޭކަމަށެވެ. އެހެންކަމުން މިގޮތަށް ޢަމަލު ކުރާ ފަރާތްތައް ހޯދުމަށް އެއްބާރުލުން ދިނުމަށް، އީ.ޕީ.އޭއިން ވަނީ ގޮވާލާފައެވެ. އަދި މިހާރުވެސް ޢާންމުންގެ ފަރާތުން މިފަދަ މިހާރުވެސް ޢާންމުންގެ ފަރާތުން މިފަދަ ކަންކަމުގައި އެއްބާރުލުން ލިބޭކަން އީޕީއޭއިން ފާހަގަކުރެއެވެ.

މި ޤަވާޢިދުގެ ދަށުން، ރާއްޖެއަށް ހިޖުރާ ކުރާ މޫސުމީ ދޫނި ޤަވާޢިދާއި ޚިލާފަށް ހިފާ ގެންގުޅޭ ފަރާތްތައް އީ.ޕީ.އޭއަށް ޖޫރިމަނާ ކުރާނެއެވެ. އަދި މިފަދަ ދިރޭތަކެއްޗަކަށް ގޯނާ ކޮށްފިނަމަ، 30،000 ރުފިޔާއާއި 50،000 ރުފިޔާގެ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް މި ޤަވާޢިދުގައިވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.