އިންތިޚާބީ ރައީސް މުޢިއްޒު، އަބޫދާބީއަށް ފުރާވަޑައިގެންފި

އިންތިޚާބީ ރައީސް މުޢިއްޒު، އަބޫދާބީއަށް ފުރާވަޑައިގެންފި

Author
އައިޝަތު އަޙްމަދު
06 ނޮވެމްބަރ 2023 02:55
0

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ، އަބޫދާބީއަށް ފުރާ ވަޑައިގެންފިއެވެ.

އިންތިޚާބީ ރައީސް ޔޫއޭއީއަށް ފުރާވަޑައިގެންނެވިކަން އިންތިޚާބީ ރައީސްގެ އޮފީހުން ޔަޤީންކޮށްދެއެވެ. އަދި މި ދަތުރުފުޅުގެ ހުރިހާ ޚަރަދެއްވެސް ހަމަޖައްސަވާފައިވަނީ ޔޫއޭއީގެ ސަރުކާރުންނެވެ.

ނަމަވެސް މި ދަތުރުފުޅުގެ އިތުރު ތަފްސީލެއް ނުލިބެއެވެ.

ޔޫއޭއީ އަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެކެވެ. އެގޮތުން މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަކީވެސް ޔޫއޭއީގެ އެހީގައި ހިންގާ މަޝްރޫޢުއެކެވެ.

އިންތިޚާބީ ރައީސް ވަނީ މިދިޔަ މަހުގެ 30ގައި ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ. އަދި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.