ޢައްޒާއަށް ނިއުކުރިއަރ ބޮން އަޅަންޖެހޭ ކަމަށް ބުނި ހައްދުފަހަނަ އެޅި މިނިސްޓަރު ސަސްޕެންޑް ކޮށްފި

ޢައްޒާއަށް ނިއުކުރިއަރ ބޮން އަޅަންޖެހޭ ކަމަށް ބުނި ހައްދުފަހަނަ އެޅި މިނިސްޓަރު ސަސްޕެންޑް ކޮށްފި

Author
ހުސެއިން
05 ނޮވެމްބަރ 2023 06:21
0

ގާޒާއަށް އޮތް އެއް ހައްލަކީ އެ ސިޓީއަށް ނިއުކުލިއަރ ބޮމެއް ވައްޓާލުންކަމަށް ބުނި އިސްރާއީލުގެ ހައްދުފަހަނައެޅި ވަޒީރަކުގެ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ސަސްޕެންޑް ކޮށްފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަރުކަށި ކެބިނެޓް ވަޒީރަކު ސަސްޕެންޑް ކޮށްފައިވަނީ ސަރުކާރުގެ ބައްދަލުވުންތަކަށް ވަޑައިނުގެންނެވޭ ގޮތަށެވެ.

ޣައްޒާގައި ނިއުކްލިއާ ހަތިޔާރު ބޭނުންކުރަންވީތޯ އާދީއްތަ ދުވަހުގެ ހެނދުނު ދީނީ ރޭޑިއޯ ސްޓޭޝަނެއް ކަމަށްވާ ރޭޑިއޯ ކޮލް ބެރާމާ އިން ހެރިޓޭޖް މިނިސްޓަރު އަމީޗާއީ އެލިއާހޫ އާ ސުވާލު ކުރުމުން އެލިޔާހޫ ވިދާޅުވީ "މިއީ އެއް ގޮތް" ކަމަށެވެ. ނަމަވެސް ފަހުން އޭނާ ވަނީ އޭނާގެ ޖަވާބަކީ އެ ބުނިގޮތަށް މާނަކުރަންޖެހޭ ޖަވާބެއް ނޫން ކަމަށް ބުނެފަ އެވެ.

"މިނިސްޓަރު (އަމީޗޭ) އެލިޔާހޫގެ ވާހަކަތަކަކީ ހަގީގަތުގަތުގެ މައްޗަށް ބިނާކޮށްފައިވާ ވާހަކަތަކެއް ނޫން،" ނަތަންޔާހޫ އޭނާގެ އެކްސްގައި ލިޔުއްވާފައި ވެ އެވެ. "އިޒްރޭލާއި އައިޑީއެފް އިން މަސައްކަތް ކުރަނީ ކުށެއް ނެތް މީހުންނަށް ލިބޭ ގެއްލުމަކުން ސަލާމަތްވުމަށް ބައިނަލްއަގުވާމީ ގާނޫނުގެ އެންމެ މަތީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން. އެކަން ކާމިޔާބު ވަންދެން ކުރިއަށް ގެންދާނަން."

އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ފަހުން ސީއެންއެންއަށް މައުލޫމާތު ދެމުން ވިދާޅުވީ ނަތަންޔާހޫ ވަނީ ވަކި ގޮތެއް އަންގަންދެން އެލިއާހޫ ސަރުކާރުގެ ބައްދަލުވުންތަކަށް ވަޑައިނުގެންނެވޭގޮތަށް ސަސްޕެންޑް ކޮށްފައި ކަމުގައެވެ.

ސޯޝަލް މީޑިއާގައި އެލިއާހޫ އޭނާގެ ވާހަކަތައް ދިފާއުކޮށް ލިޔުއްވާފައި ވަނީ އެޓޮމް [ނިއުކްލިއާ ބޮން] އާ ބެހޭ ގޮތުން ދައްކާ ވާހަކަތަކަކީ ލަފުޒީ ވާހަކައެއްކަން ވިސްނޭ މީހަކަށް ވިއްޔާ ވަރަށްވެސް ސާފު ކަމަށެވެ. އެހެންނަމަވެސް ޓެރަރިޒަމާއި ދެކޮޅަށް، އެއަށްވެސް މާވަރުގަދަކޮށް އަދި ބޭއިންސާފު ރައްދެއް ދިނުމަށް އޭނާ ވަނީ ލަފާ ގޮވާލާފައެވެ.

އެލިއާހޫ އަކީ އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން-ގްވެއާ އިސްވެ ހުންނަވާ ހަރުކަށި އައުޓްޒްމާ ޔެހުދިޓް ޕާޓީގެ މެމްބަރެކެވެ. ހަނގުރާމައިގެ ކެބިނެޓުގައި އޭނާ ވެސް އަދި ބެން ގްވީއާ ވެސް ހިމެނިވަޑައެއް ނުގަންނަވަ އެވެ. އިސްރާއީލަކީ ނިއުކްލިއާ ހަތިޔާރު ހުރިގައުމެއްކަމަށް މުޅި ދުނިޔެ ގަބޫލު ކުރިނަމަވެސް، އެހަދިޔާރު ހުރިކަމަށް އިޒްރޭލުން ރަސްމީކޮށް އިއުތިރާފުވެފައެއް ނުވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބަރަބޯ
ނަތަން ޔާހޫއަށް ކޮން އިއްޒަތެއް ދޭކަށް (މާތް ބަހުން ނިސްބަތް ކުރަން ޖެހޭ މީހެއް ނޫން އެއީ ކީއެއް)