މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ޝަރުތު ހަމަވި ކަމަށްބުނެ އޮޅުވާލުމުންގެ ތެރެއިން ދޫކުރި 4،000 ފްލެޓުގެ މައްސަލާގައި ހައުސިން މިނިސްޓްރީގައި ގިނަ ބަޔަކު އިހުތިޖާޖް ކުރަން ފަށައިފިއެވެ.
ހައުސިން މިނިސްޓްރީގައި އެއްވެފައިވާ މީހުން ދަނީ ފްލެޓްތަކަށް ޕޮއިންޓް ދިން ގޮތް ހާމަ ކުރަން އެދިފައެވެ. އެގޮތުން ޕޮއިންޓް ދިނުމުގައި އެއްވެސް އިންސާފެއްނެތި ވަކި ބަޔަކަށް ދޭން ވެގެން ފްލެޓްތައް ބަހާފައިވާތީ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ދަނީ ފާޅު ކުރަމުންނެވެ. އެއްވި މީހުން ހައުސިން މިނިސްޓްރީ ތެރޭގައި ޝުއޫރު ފާޅު ކުރަމުންދާއިރު މިކަމަށް ޖަވާބު ދާރީވުމަށް އެއްވެސް އިސް މީހަކު އައިސްފައި ނުވެއެވެ.
އެއްވި މީހުންގެ ކަންބޮޑުވުން އިންތިހާއަށް ފާޅު ކުރަމުންދާއިރު މިނިސްޓްރީގެ ޒިންމާދާރު އެއްވެސް ބޭފުޅަކު އެއްވި މީހުންނާއި ބައްދަލުކޮށްފައި ނުވެއެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ތިން ކޮޓަރީގެ ފްލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ މީހުންގެ ތެރެއިން ފްލެޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓުގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ފްލެޓު ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށް ވެސް ހައުސިން މިނިސްޓްރީގެ އިއުލާންގައިވެއެވެ.
ފްލެޓް ލިބޭ މީހުންގެ ލިސްޓާއި ގުޅޭގޮތުން ނުރުހުން ފާޅުކުރަމުންދާ މީހުން ދަނީ ނެރުނު ފެލެޓް ލިސްޓަކީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓްރ އަކުރަމްއާއި މިނިސްޓަރު އަސްލަމް ނުފޫޒުގެ ބޭނުންކޮށް، ކަޅުފައިސާގަ ޖެހިގެން ވަކި ބަޔަކަށް ފްލެޓް ބަހާފަ އިން ލިސްޓެއް ކަމުގައެވެ. އެގޮތުން ޕޮއިންޓް ދޭ އުސޫލު ނެތި، ޕޮއިންޓް ދިނީ ކިހިނަކުންތޯ ސުވާލު އުފެދޭކަމަށާއި، އަދި އެކަން ތަހުގީގު ކުރުމަށްވެސް ދަނީ ގޮވާލަމުންނެވެ.