އަދުރޭ ވާހަކަ ދައްކަވަނީ.

ގާނޫނު ތަންދޭ އެންމެ ގިނަ ދުވަހަކު ވެރިކަން ކުރަން ބޭނުން: އަދުރޭ

ގާނޫނު ތަންދޭ އެންމެ ގިނަ ދުވަހަކު ވެރިކަން ކުރަން ބޭނުން: އަދުރޭ

ޕީޕީއެމް/ޕީއެންސީން ގާނޫނު ތަންދޭ އެންމެ ގިނަ ދުވަހަކު ވެރިކަން ކުރަން ބޭނުންވާ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން އައްޑޫއަށް ކުރައްވާ ދަތުރުގައި އައްޑޫ ހައި ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ރާއްޖޭގެ ވެރިކަމަށް އަންނަނީ ފަސް އަހަރު ވެރިކަން ކުރުމަށް ފަހު، ފައިބަން ނޫން ކަމަށެވެ. ގާނޫނު ތަންދޭ އެންމެ ގިނަ ދުވަހަކު އެ ދެ ޕާޓީން ވެރިކަން ކުރުމަކީ އެބޭފުޅުންގެ އުއްމީދެއް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ވެރިކަމަށް އަންނަނީ ގައުމުގެ ހާލަތު ރަނގަޅު ކުރަން ކަމަށެވެ. އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ގާބިލު ބޭފުޅެއް ކަމަށާއި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

އެގޮތުން ވެރިކަމުގެ ފުރަތަމަ 100 ދުވަސްތެރޭ ހިތަދޫ-ހުޅުމީދޫ ބްރިޖުގެ މަސައްކަތް ފަށާނެ ކަމަށާއި އައްޑޫ ރައްޔިތުން ބޭނުންވާ ގޮތަށް އައްޑޫ އަށް ތަރައްގީ ގެނެސްދޭނީ މުއިއްޒުގެ ވެރިކަމުގައި ކަމަށް އަދުރޭ ވިދާޅުވިއެވެ.

"އެމަނިކުފާނުގެ ފަސް އަހަރު ވެގެންދާނީ އައްޑޫ ސިޓީ އަށާއި މުޅި ރާއްޖެ އަށް ކުރިއެރުމާއި ތަރައްގީ ގެނެސްދޭ ފަސް އަހަރަށް،" އަދުރޭ ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އިޝާރާތް ކުރައްވާ އަދުރޭ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ އެޕާޓީއަށް މުހިންމު އިންތިހާބެއް ކަމަށެވެ. އަދި އެ އިންތިހާބު ކާމިޔާބު ކުރުމުގެ މުހިންމު ކަން އަދުރޭ ވަނީ ފާހަގަ ކުރައްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *