ވ. ފެލިދޫ ކަންސިލަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކަށް ކައުންސިލުން ޚިދުމަތް ފޯރުކޮށްދިނުން ހުއްޓާލަނީ

ވ. ފެލިދޫ ކަންސިލަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކަށް ކައުންސިލުން ޚިދުމަތް ފޯރުކޮށްދިނުން ހުއްޓާލަނީ

Author
ހުސެއިން
04 ނޮވެމްބަރ 2023 08:04
0

ވ. ފެލިދޫ ކައުންސިލަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކަށް ކައުންސިލުން ޚިދުމަތް ފޯރުކޮށްދިނުން ހުއްޓާލުމަށް ފެލިދޫ ރަށު ކައުންސިލުން ނިންމައިފިއެވެ. އެގޮތުން ކައުންސިލުން ޚިދުމަތް ދިނުން ހުއްޓާލުމަށް ނިންމާފައިވަނީ ކައުންސިލަށް ދައްކަންޖެހޭ ފައިސާނުދައްކާ މީހުންނާއި އެމީހުންގެ އަނބިން، ފިރިން އަދި ދަރިންނަށެވެ.

މިކަން ހާމަކޮށްފައިވަނީ މިމަހުގެ 1 ވަނަ ދުވަހު ފެލިދޫ ރަށުކައުންސިލުން ގެޒެޓް ކޮށްފައިވާ އިއުލާނެއްގައެވެ. މިއިއުލާނުގައި ބުނެފައިވަނީ ކައުންސިލުގެ އާންމު ޖަލްސާއެގައި މި ނިންމުން ނިންމާފައިވަނީ ކައުންސިލަށް ފައިސާ ދައްކަންޖެހިފައިވާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ހޯދުމަށް ތަކުރާރުކޮށް މަސައްކަތްކޮށްގެންވެސް ފައިސާ ހޯދުމުގައި ކުރިއެރުމެއް ނުލިބިގެން ކަމުގައެވެ.

ފެލިދޫ ކައުންސިލުން ކޮށްފައިވާ އިއުލާނުގައިވަނީ އެކައުންސިލަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް 5 ދުވަހުގެ މުއްދަތެއްވެސް ދީފައެވެ. އަދި ބުނެފައިވަނީ މި މުއްދަތުގައި ފައިސާ ނުދައްކާ ފަރާތްތަކަށް ކައުންސިލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް މެދުކަނޑާލާނޭ ކަމުގައެވެ.

އަދި އޭގެ އިތުރުން އެފަރާތްތަކުގެ ވަނަވަރު ހިމެނޭހެން އެފަރާތްތަކުގެ ލިސްޓު އާންމު ކުރުމަށްވެސް ހަމަޖެހިފައިވާ ކަމުގައިވެސް އިއުލާނުގައި ބުނެފައި ވެއެވެ.

ފެލިދޫ ކައުންސިލަށް ފައިސާ ނުލިބި ގިނަދުވަސް ވެފައިވަނީ ކައުންސިލުން ފޯރުކޮށްދޭ ބައެއް އަސާސީ ޚިދުމަތްތަކަށް ލިބެންޖެހޭ ފައިސާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.