ރަންބީރުގެ މި ފޮޓޯ އިން ފޭނުންގެ ލޮލުގައި އަޅައިގަތީ ފަހަތުން ފެނުން ފޮޓޯ ފްރޭމް!

ރަންބީރުގެ މި ފޮޓޯ އިން ފޭނުންގެ ލޮލުގައި އަޅައިގަތީ ފަހަތުން ފެނުން ފޮޓޯ ފްރޭމް!

Author
ފާތިމަތު ނާވީ
12 ޑިސެމްބަރ 2020 08:24
0

ރަންބީރް ކަޕޫރްއަކީ ސޯޝަލް މީޑިޔާގައި އެކްޓިވް ތަރިއެއް ނޫނެވެ. ނަމަވެސް މި ފަހުން އޭނާގެ ގޭގައި ރައްޓެހިންނާއެކުގައި ނަގާފައިވާ ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިޔާގައި ވައިރަލް ވެފައެވެ.

މި ފޮޓޯތަކުގެ ތެރެއިން ގޭގައި ހަރުކޮށްފައިވާ ފޮޓޯފްރޭމްތަކުގެ ތެރެއިން އާލިއާގެ ފޮޓޯއެއް ފެނުމުން ހުރިހާ ފޭނުން ތިބީ ހައިރާންވެފައެވެ. ފޭނުން އަބަދުވެސް ރަންބީރާއި ލޯބިވެރިޔާ އާލިއާ ބަޓް އެކުގައި ފެންނާނެ ވަގުތަކަށް ތިބެނީ އިންތިޒާރުގައެވެ.

މި ފަހުން ރަންބީރާއި ޖުބިން ޕީޓާގެ ފޮޓޯތައް ޖުބިން ޕީޓާގެ އިންސްޓާގުރާމުގައި ހިއްސާކުރީ ރަންބީރް ކަޕޫރްގެ ފޭނުންނަށް އޭނާ ދައްކާލުމަށެވެ. ރަންބީރް ފޮޓޯއިން ފެނިގެންދަނީ ހުދުކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސްވެޓްޕޭންޓެއް ލައިގެން ހިނިތުންވެފައި ހުއްޓައެވެ.

 

View this post on Instagram

 

A post shared by Jubin Peter (@peter.jubin)

ނަމަވެސް ފޭނުންގެ ސަމާލުކަން ދިއައީ އެ ފޮޓޯގެ ފަހަތުން ފެންނަން ހުރި ފޮޓޯ ފްރޭމްތަކަށެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ފޭނުންނަށް މިކަން ފާހަގަވިއެވެ. އެ ފޮޓޯއަކީ އާލިޔާއާއި އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ އަކާންޝާ ރާންޖަން ކަޕޫރާ އެކު ބާލީއަށް ދިޔަ ދަތުރުގައި އަރިތިމަތީގައި މަޖާކުރަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ.

 

View this post on Instagram

 

A post shared by Alia Bhatt ☀️ (@aliaabhatt)

އަދި ބައެއް ފޭނުންނަށް ރަންބީރް ކަޕޫރް ކުޑައިރު އޭނާގެ ބައްޕަ ރިޝީ ކަޕޫރާއެކު ނަގާފައިވާ ފޮޓޯއެއްވެސް ފާހަގަކުރެވުނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.