"ދަ ރެއިލްވޭ މެން" އަންނަ މަހު 18 ގައި ނެޓްފްލިކްސްއަށް

"ދަ ރެއިލްވޭ މެން" އަންނަ މަހު 18 ގައި ނެޓްފްލިކްސްއަށް

Author
ފާތިމަތު ނާވީ
04 ނޮވެމްބަރ 2023 07:06
0

ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ކުންފުނި، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް)  ވެރިޔާ ގެނެސްދޭ ފުރަތަމަ ވެބް ސީރީޒް އަންނަ މަހު 18 ގައި ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށަން ނިންމައިފި އެވެ.

"ދަ ރެއިލްވޭ މެން" ކިޔާ މި ސީރީޒްގެ ޓީޒާ ޓްރެއިލާ ވެސް މިހާރު ވަނީ ނެރެފަ އެވެ. ހުނަރުވެރި ގިނަ އެކްޓަރުންތަކަކާ އެކު ގެނެސްދޭ މި ސީރީޒަކީ 1984 ވަނަ އަހަރު އިންޑިއާގެ ބޯޕާލްގައި ގޭސް ލީކުވެ، ހިނގި ނުރައްކާތެރި ބޮޑު ހާދިސާއަކަށް ބިނާކޮށްފައިވާ ހަތަރު އެޕިސޯޑުގެ ލިމިޑެޓް ސީރީޒެކެވެ.

 

View this post on Instagram

 

A post shared by Netflix India (@netflix_in)

 

ވައިއާރުއެފް އިން ވަނީ ނެޓްފްލިކްސްއާ ގުޅިގެން ގިނަ ކޮންޓެންޓުތަކެއް ގެނެސްދިނުމަށް މިދިޔަ ސެޕްޓެމްބަރު މަހު ޕާޓްނާޝިޕް އެއްބަސްވުމެއް ވެސް ހަދައިފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ގެނެސްދޭ ފުރަތަމަ މަސައްކަތަކީ "ދަ ރެއިލްވޭ މެން" އެވެ.

ސީރީޒްގެ މޭސްތިރި އަކީ ޝިވް ރަވައިލް އެވެ. އޭނަ އަކީ "ލަވް ސްޓޯރީ" އާއި "ބޭތާބު" އާއި "ސަމަންދަރު" އަދި "ބޭހުދީ" ފަދަ މަގުބޫލު އެތައް ފިލްމެއް ގެނެސްދިން ކުރީގެ ޑައިރެކްޓަރު ރާހުލް ރަވައިލްގެ ދަރިއެކެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.