އަންނަ އަހަރަށް ލަފާކޮށް ހުށައެޅީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް

އަންނަ އަހަރަށް ލަފާކޮށް ހުށައެޅީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް

Author
އައިޝަތު އަޙްމަދު
31 އޮކްޓޯބަރ 2023 10:52
0

އަންނަ އަހަރަށްލަފާކޮށް 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ދައުލަތުގެ މާލިއްޔަތު ޤާނޫނު ބުނާގޮތުގައި ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ކުރިއަށްދާ އަހަރު ނިމުމުގެ ދެ މަސް ދުވަސްކުރިމް ހުށައަޅަންވާނެކަމަށެވެ. އެގޮތުން މިއަދަކީ ބަޖެޓު ހުށައަޅަންޖެހޭ އެންމެ ފަހު ދުވަހެވެ.

ފިނޭންސް މިނިސްޓްރީން ބުނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށައަޅާފައިވާކަމަށެވެ. ނަމަވެސް މަޖިލީހަށް ބަޖެޓު އިއްވެވުމަށް ފިނޭންސް މިނިސްޓަރ ވަނީ މަޖިލީހަށް ވަޑައި ނުގަތުމަށް ނިންމަވާފައެވެ. އެއީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި އެޖެންޑާކޮށްފައިވާތީއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާއިރު، އެމްޑީޕީ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވީ، ޤާނޫނުގައި ބުނާގޮތަށް މަޖިލީހަށް ބަޖެޓު ހުށައަޅާފައިވާކަމށެވެ. ނަމަވެސް ބަޔާން އިއްވެވުމަށް މިނިސްތަރ ވަޑައި ނުގަންނަވާނެކަމަށެވެ.

ސަރުކާރުން ވަނީ މިއަހަރަށް ސަޕްލިމަންޓްރީ ބަޖެޓެއްވެސް މަޖިލީހަށް ފޮނުވާފައެވެ. ނަމަވެސް އެ ބަޖެޓުގެ މަސައްކަތްތައްވެސް ކުރިއަށް ނުގެންދެވި ވަނީ މަޑުޖެހިފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.