ރައްޔިތުންގެ މަޖިލިހަށް މިހާރު ހުށަހެޅިފައި އޮތް މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންގޮސް، މާދަމާއަށް އެޖެންޑާ ކޮށްފައޮތް އަންނަ އަހަަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލިހަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ޖަލްސާއަށް އެއްބާރުލުން ނުދިނުމަށް އެމްޑީޕީން ނިންމައިފިއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށައެޅުމަށް މާދަމާގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފައި ވާއިރު، މާދަމާގެ ޖަލްސާއަށް ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބެޖެޓްގެ އިތުރުން، ސަރުކާރުން މިއަހަރުގެ ޚަރަދުތައް ހަމަޖައްސަން ހުށައެޅި ސަޕްލިމަންޓްރީ ބަޖެޓު ހުށައެޅުމަށްވެސް މާދަމާއަށް ވަނީ އެޖެންޑާކޮށްފައެވެ.
އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން އެއްވެސް ކަމެއް މަޖިލީހުގައި ދެން ކުރިއަށް ނުގެންދިއުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ ނިންމާފައި ކަމުގައެވެ. އޭނާ ވިދާޅުވީ ނަޝީދުގެ މައްސަލަ ނުނިމެނީސް ދެން މަޖިލީހުގައި އެއްވެސް ކަމެއް ކުރިޔަށް ނުގެންދިއުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމުމެއް ނިންމާފައި ވަނިކޮށް، އެމްޑީީޕީން ބޭނުންވިޔަސް އެކަން ކުރެވެން ނޯންނާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުން ބަޖެޓު ހުށައެޅުމަށް އެޖެންޑާކޮށްފައި ވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ހުށައަޅާ މަޖިލީހުގެ ޖަލްސާއެއް ނުބޭއްވިގެން އުޅެނިކޮށެވެ. ޤާނޫނު ބުނާގޮތުން މިމަސް ނިމުމުގެ ކުރިން ބަޖެޓު ހުށައަޅަންޖެހެއެވެ.
އެހެންނަަމަވެސް އެމްޑީޕީން ބުނެފައިވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންގޮސް އާ ރައީސް ހުވާކުރައްވައިފިނަމަ ހުވާގެ ސައްހަކަންވެސް ގަބޫލު ނުކުރާނެ ކަމަށާއި، އަދި އެއަށްފަހު އާރައީސްގެ ކެބިނެޓަށް ރުހުންވެސް އެޕާޓީން ނުދޭނެ ކަމުގައެވެ. އިތުބާރުގެ ނެތްކަމުގެ މައްސަލަ އެމްޑީޕީން މިހާރުވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އަދި ސުޕްރިމް ކޯޓުން މިހާރުވަނީ އެމްޑީޕީން ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިވެސްގެންފައެވެ.
ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓްގައިވާގޮތުން ބޭސްލައިން ޚަރަދާއ،ި ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުން ސަލާމަތްކުރެވޭނެ ޢަދަދުތަކާއ،ި ބަޖެޓުގައި ހިމަނާ އައު މަޝްރޫޢުތަކާއި ޕްރޮގްރާމްތަކަށް ބަލައި 2024 ވަނަ އަހަރުގެ ދައުލަތުގެ ޖުމުލަ ބަޖެޓުގެ އަންދާޒާއަކީ 50.6 ބިލިއަން ރުފިޔާއެވެ. މިއީ މިއަހަރު ބަޖެޓު ހުންނާނެ ކަމަށް ލަފާކުރެވޭ މިންވަރާއި އަޅާބަލާއިރު 5.3 އިންސައްތަ އިތުރު އަދަދެއްކަމަށްވެސް އެރިޕޯޓްގައި ވަނީ ބުނެފައެވެ.
އަންނަ އަހަރުގެ ބަޖެޓު އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދަނީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވާ ކޮމިޓީއަކާއި ގުޅިގެން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
One Response
ވަރަށް ސާފު މައްސަލައެއް! މަޖްލީހުގެ ރައީސްގެ އިތުބާރުގެ މައްސަލައެއް އޮއްވާ މަޖްލީހުގައި އެހެން އެއްވެސް ކަމެއް އެއްވެސް ޖަލްސާއެއް ކުރިޔަށް ނުގެންދެވޭނެއެވެ.