އެސްޓީއޯ ޒިގްޒެގް އިންޓަރ އޮފީސް 9 ވަނަ ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗު ކުޅުދުއްފުށީ ކްލަބު ކޭއާރުއެޗުން ކާމިޔާބު ކޮށްފިއެވެ.
ކުޅުދުއްފުށި ސިޓީގެ އެންމެ ހިންގުންތެރި އެއްކުލަބު ކަމުގައިވާ "ޒިގްޒެގް" އިން އިސްނަގައިގެން ބާއްވާ މިމުބާރާތުގައި 11 ޓީމު ވާދަކުރެއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ވާދަކުރީ ކުޅުދުއްފުށި ޕޯޓް ރެކްރިއޭޝަން ކުލަބާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލެވެ. މިމެޗަކީ މުބާރަތުގެ ފުރަތަމަ މެޗަށްވުމުން މެޗް ޕްރެޝަރު ދެޓީމަށްވެސް އޮތެވެ.
މެޗު ފައްޓައިގެން ދެޓީމުންވެސް ވާދަވެރި ކުޅުމެއް ކުޅެފައިވާއިރު ގިނަ ހަމަލާތަކެއް ދެޓީމުންވަނީ އުފައްދާފައެވެ. މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ 14 ވަނަ މިނިޓުގައި ކާމިޔާބުކުރީ ކްލަބު ކޭއާރުއެޗްގެ ކެޕްޓަން އަހުމަދު ދާއޫދެވެ. ކޭއާރުއެޗްގެ ދެވަނަ ގޯލަކީ ދެވަނަ ހާފު ނިމެމުން ދެނިކޮށް ޕޯޓުގެ އަބޫބަކުރު އަލީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިމެޗުގައި މޮޅު ކުޅުމެއްދެއްކި ދާއޫދެވެ.

ރާއްޖޭގެ އެންމެ ވަރުގަދަ ފުޓްސަލް ކުޅުންތެރިން ފެނިގެންދާ މިމުބާރާތުގެ މެޗުތައް މުޅި ރާއްޖެއަށް ފެންނާނޭހެން ހުރިހާ މެޗެއް ޒިގްޒެގް ފޭސްބުކް ޕޭޖުން ލައިވް ކުރެއެވެ. އަދި ކުއާޓާ ފައިނަލް މެޗުތަކުން ފެށިގެން ފައިނަލް މެޗާއި ހަމައަށް ހުރިހާ މެޗެއް ޔެސް ޓީވީން ވަގުތުން ގެނެސްދޭނެއެވެ. މުބާރާތުގެ މެޗުތަކުގެ ޚަބަރުތައް، ޚަބަރު އޮންލައިނާއި، ވަގުތު އޮންލައިން އަދި ޕީއެސްއެމްއިން ގެނެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިމުބާރާތުގައި ޗެމްޕިއަން ޓީމާ ރަނަރަޕް އަދި ފެއާރ ޕްލޭ ޓީމާއި ކިންގް އޮފް ދަ ޓޯނަމެންޓްގެ އިތުރުން ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު 5 ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވެއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ހަމަޖެހިފައިވެއެވެ. މުބާރާތުގެ ގަވާއިދަށް މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް، ކުޅިވަރުގެ ރޫހާ ހިލާފު ނުވާގޮތުގެ މަތިން ވަރަށް ފޯރިއާއެކު މުބާރާތް ނިންމާލުމަކީ ޒިގްޒެގުގެ ވަރަށް ބޮޑު އެދުމެކެވެ.
މިމުބާރާތުގެ އެކްސްކްލޫސިވް ޕާޓްނަރަކީ އެސްޓީއޯއެވެ. ބޭންކިން ޕާޓްނަރަކީ ބީއެމްއެލްއެވެ. ޑިޖިޓަންލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ޔެސްޓީވީއެވެ. އަދި އޮންލައިން ޕާޓްނަރުންނަކީ ޚަބަރު އޮންލައިނާއި ވަގުތެވެ. ޕްރިންޓިން ޕާޓްނަރަކަށް ޑަބްލިއު ކްރާފްޓް ސެންޓަރ ހަމަޖައްސާފައިވާއިރު، ކޭޓްރިން ޕާޓްނަރުންނަކީ އޮރެންޖް ޑެކް އަދި ކަނިވަލް އެވެ. މުބާރާތުގެ އެޑް ބޯޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އިންކްވެލް، ޗާންލަދަލިޔާ ބުކްޝޮކް އަދި ސީންއެވެ.
ކޮމެންޓު ފޮނުވާ