އިސްރާއީލުގެ އުދުވާންގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު 5000 އިން މައްޗަށް

އިސްރާއީލުގެ އުދުވާންގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު 5000 އިން މައްޗަށް

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު 5،000 އިން މައްޗަށް އަރައިފިއެވެ. ފަލަސްތީނުގެ ކަމާބެހޭ އިދާރާތަކުން ހާމަ ކޮށްފައިވާ ގޮތުގައި އިސްރާއިލުން ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް 5،087 މިހުންވަނީ ޝަހީދުވެފައެވެ.

މިގޮތުން ރޭ އެކަނިވެސް އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 400 އަށްވުރެ ގިނަމީހުން ޝަހީދުވެފައި ވެއެވެ. ރޭ ވެގެންދިޔައީ ފާއިތު ދެހަފްތާ ތެރޭގައި އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގައި ފަލަސްތީނުގެ އެންމެ ގިނަ މީހުން ޝަހީދުވު ރޭކަމުގައެވެ.

މިހާތަނަށް މި ހަގުރާމާގައި މަރުވަފައިވާ އަދި އަނިޔާވެފައިވާ މީހުންގެ އަދަދުތައް:

އިސްރާއީލު:

  • 1،405 މީހުން ވަނީ މަރުވެފަ – އޭގެ ތެރޭގައި 307 ސިފައިންނާއި 57 ޕޮލިސް އޮފިސަރުން ހިމެނޭ.
  • 5،431 މީހުންވަނީ ޒަޚަމްވެފަ.
  • ހަމާސް ޖަމާއަތުން ވަނީ އިސްރާއީލާއި އެހެން ބައެއް ގައުމުތައް ހިމެނޭގޮތުން 222 މީހަކު ރަހީނު ކޮށްފަ.

ފަލަސްތީނުގެ ޣައްޒާ:

  • 5،087 މީހަކު ވަނީ ޝަހީދުވެފަ – އޭގެ ތެރޭގައި 2055 ކުޑަކުދިންނާއި 1،119 އަންހެނުން ހިމެނޭ.
  • 15،273 މީހަކު ވަނީ ޒަޚަމްވެފަ – އޭގެ ތެރޭގައި 2،000 ކުޑަކުދިންނާއި 1،400 އަންހެނުން ހިމެނޭ.
  • ޣައްޒާއިން 1،400 މީހަކު ވަނީ ގެއްލިފަ – އޭގެ ތެރޭގައި 720 ކުޑަކުދިން ހިމެނޭ.

ހިފާފައިވާ ހުޅަނގު އައްސޭރި:

  • 95 މީހަކު ވަނީ ޝަހީދު ވެފަ – އޭގެ ތެރޭގައި 30 ކުޑަކުދިންނާއި 1 އަންހެނަކު ހިމެނޭ.
  • 1،650 މީހުންވަނީ ޒަޚަމްވެފަ.
  • ހަނގުރާމަ ފެށުނުފަހުން އިސްރާއީލުން ވަނީ ހުޅަނގު އައްސޭރިން ފަލަސްތީނުގެ 1،215 މީހަކު ހައްޔަރު ކޮށްފަ.

ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ކުއްލި ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ފާއިތުވި 2 ހަފްތާގައި މެދުނުކެޑި އިސްރާއީލުގެ އަސްކަރިއްޔާއިން ޣާއްޒާއަށް ބޮން އަލަމުން ދާއިރު، ރޭ އިސްރާއީލުން ވަނީ ފުރަތަމަ ފަހަރަށް ޢައްޒާއަށް ވަދެގެންފައެވެ. އެހެންނަމަވެސް ހަމާސް ޖަމާއަތުން ވަނީ މިހަމަލާ ނާކާމިޔާބު ކޮށްލާ އިސްރާއިލުގެ ސިފައިންގެ އެކަކު މަރާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *