އިސްރާއިލުން އެއްގަމު މަގުން ދޭން އުޅުން ހަމަލާއެއް ހަމާސްއިން ނާކާމިޔާބު ކޮށްލައިފި

އިސްރާއިލުން އެއްގަމު މަގުން ދޭން އުޅުން ހަމަލާއެއް ހަމާސްއިން ނާކާމިޔާބު ކޮށްލައިފި

Author
ހުސެއިން
22 އޮކްޓޯބަރ 2023 09:47
0

މީގެ ގަޑިއެއްހާއިރު ކުރިން، އިސްރާއީލު ސިފައިން ޣައްޒާއާއި އިސްރާއީލާ ދެމެދު އޮންނަ ވަކިވުމުގެ ފެންސް ހަރުކުރުމުގެ ގޮތުން ޣައްޒާއަށް ވަންނަން މަސައްކަތްކޮށްފި ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

އަލްޖަޒީރާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ފަލަސްޠީނުގެ ސަރަޙައްދަށް އިސްރާއީލުގެ ސިފައިން ވަނުމަށްފަހު ޣައްޒާގައި ހަދާފައިވާ ވަޅުގަނޑެއްގެ ތެރެއަށް ވަނުމަށް މަސައްކަތްކުރި ސިފައިން ވަނީ ވެއްޓިފައެވެ. މި އަސްކަރީ ހަމަލާއަކީ އިޒްރޭލަށް އުނދަގޫ ހަމަލާއަކަށް ވި ކަމަށާއި، އިސްރާއީލު ސިފައިންނަށް ކުރިމަތިލާން ޖެހުނީ ސީދާ ފަލަސްތީނުގެ ހަނގުރާމަވެރިންގެ ހަމަލާތަކާ ކަމަށްވެސް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

އިސްރާއީލު ސިފައިން ބުނާ ގޮތުގައި މި އަސްކަރީ ހަމަލާ ވެގެންދިޔައީ ވަރަށް ނާޒުކު ހަމަލާއަކަށެވެ. އަދި އެގައުމުން ބުނެފައިވަނީ ފަލަސްތީނުގެ ހަނގުރާމަވެރިންގެ އަތްދަށުން ސިފައިން ފިލައިގެން ގޮސްފައިވާ ކަމުގައެވެ. މި ޙަމަލާއަކީ އެއްގަމު އުޅަނދެއްގައި ޣައްޒާއަށް ޙަމަލާއެއް ދީފިނަމަ ރައްދު ޙަމަލާދޭން ހަމާސް ޖަމާއަތުގެ މުޖާހިދުން ތައްޔާރަށް ތިބިކަމުގެ ވަރަށް ސާފު ޢަލާމާތެއް ކަމަށް ވެދާނެކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

ހަމާސްގެ އަސްކަރީ ގޮފި ކަމަށްވާ ޤައްސާމް ބްރިގޭޑުން ބުނެފައިވަނީ ޣައްޒާގެ ޚާން ޔޫނުސް ކައިރީގައި އިސްރާއީލުން އެއްގަމުމަގުން ދިން ހަމަލާއެއް ހުއްޓުވައި، އިސްރާއީލުގެ ޓޭންކަކާއި ދެ ބުލްޑޯޒަރު ހަލާކުކޮށްލާފައިވާ ކަމަށެވެ.

ޓެލެގްރާމް މެސެޖިން އެޕްލިކޭޝަންގައި ޤައްސާމް ބްރިގޭޑުން ނެރުނު ބަޔާނެއްގައި ބުނީ އެ ޖަމާއަތުގެ ހަނގުރާމަވެރިން ވަނީ ޚާން ޔުނިސްގެ އިރުމަތީ ފަރާތުގައި ރަނގަޅަށް ތައްޔާރުވެ ތިބެ، ހަތިޔާރު އެޅި އިސްރާއީލުގެ އަސްކަރިއްޔާއާއި ހަމަލާ ބަދަލު ކޮށްފައި ކަމަށާއި، އެއީ ބޯޑަރު ހުރަސްކުރިތާ ކުޑަ އިރުކޮޅެއް ފަހުން ކަމަށެވެ. "ހަނގުރާމަވެރިން ހިތްވަރުގަދަކަމާއެކު ވަދެގަތް ސިފައިންނާއި ހަމަލާ ބަދަލުކުރި… އަދި ރައްކާތެރިކަމާއެކު އެމީހުންގެ މަރުކަޒުތަކަށް އެނބުރި ދިޔަ،" ބަޔާނުގައި ވެއެވެ.

މިކަމާ ގުޅިގެން އިސްރާއީލުގެ ރަސްމީ ބަޔާނެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.