އަލީ ރަމީޒަކީ ކާކުކަން، ކުރަނީ ކޮން ކަމެއްކަން އަޅުގަޑައް އެނގޭ: ޢިމްރާން

އަލީ ރަމީޒަކީ ކާކުކަން، ކުރަނީ ކޮން ކަމެއްކަން އަޅުގަޑައް އެނގޭ: ޢިމްރާން

Author
އައިޝަތު އަޙްމަދު
21 އޮކްޓޯބަރ 2023 11:54
0

އަލީރަމީޒަކީ ކާކުކަމާއި، ކުރަނީ ކޮން ކަމެއްކަން އެނގިވަޑައިގަންނަވާކަމަށް ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ޢިމްރާން މިހެން ވިދާޅުވީ، ޢިމްރާނަށް ނިސްބަތްކުރައްވާ، އާރާއި ބާރު އޮތްދުވަހު ފަލަސްޠީނުގެ ދިފާޢުގައި ކުރި މަސައްކަތަށް ހުއްޓުވައި، ބާރުވެރިކަން ނެތުމުން ނިކުމެ ފަލަސްޠީނުގެ ދިފާޢުގައި ނިކުތުމެ އަޑުއުފުލުމަކީ ގޮތެއް ފޮތެއް ނެތުންކަމަށް ޢަލީ ރަމީޒް ވިދާޅުވުމާއި ގުޅިގެން ދެއްވި ރައްދުގައެވެ.

ޢިމްރާން ވިދާޅުވީ، އަލީ ރަމީޒަކީ ކާކުކަން، ކުރަނީ ކޮން ކަމެއްކަން އެނގިވަޑައިގަންނަވާކަމަށެވެ.

ނަމަވެސް ކުރިންވެސް އެއްޗެއް ނުބުނަން އަދި މިހާރުވެސް އެވާހަކަ ދައްކާކަށް ނެތިން. އަޅުގަނޑުމެން ދެމީހުންގެ މެދުގައި ނިޔާކުރައްވާނީ މާތް الله.

– ޢިމްރާން ވިދާޅުވިއެވެ.

ޢިމްރާނަށް ޢަލީ ރަމީޒް ފާޑުވިދާޅުވީ، މިހާރުގެ ސަރުކާރުގައި 2021 ވަނަ އަހަރުގެ މެއި މަހު އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާ ތަކާއި ދެކޮޅަށް ޒުވާނުން އިސްނަގައިގެން ހުޅުމާލޭގައި ބޭއްވި ސައިކަލު ބުރު ބޭއްވިޔަ ނުދީ ފުލުހުން ހުރަސްއެޅުމުންނެވެ. ފަލަސްޠީނުގެ ޙާލަތާއި ގުޅިގެން ޒުވާނުން ތަކެއް އިސްވެތިބެ ހުޅުމާލޭގައި ކުރިޔަށް ގެންދަން އުޅުނު ސައިކަލު ބުރަށް ފުލުހުން ހުރަސް އަޅާފައެވެ.

އެ ޚަބަރާއެކު ޢަލީ ރަމީޒް ޓްވީޓުގެ ޕޯސްޓެއްގައި ވިދާޅުވީ، އާރާއި ބާރުހުރި ދުވަހު، އަނިޔާވެރި އިސްރާޢީލުގެ އުދުވާނުތަކާއި ދެކޮޅަށް ބޭއްވި ސައިކަލު ބުރު ހުއްޓުވާފައި، އެ ބާރުވެރިކަން ނެތެމުންދާ ދަނޑިވަޅުގައި ނުކުމެ ފަލަސްތީން ކިޔަމުން ނުކުންނާނީ އެއްވެސް ގޮތެއް ފޮތެއް ނެތީމާކަމަށެވެ.

ވަކީ މީހެއްގެ ނަން ވިދާޅު ނުވެ ޢަލީ ރަމީޒް މިހެން ވިދާޅުވެފައިވާއިރު، ސައިކަލު ބުރު ހުއްޓުވާފައިވަނީ ހޯމް މިނިސްޓަރަކަށް ޢިމްރާން ޢަބްދުﷲ ހުންނަވައިގެންނެވެ. ނަމަވެސް ފަލަސްޠީނުގެ ދިފާޢުގައި އެއްވުންތައް ބޭވުމަށް އިސްނަގައި ފަލސްޠީނުގެ ދިފާޢުގައި ޢިމްރާން އަންނަނީ އަޑުއުފުލަމުންނެވެ.

ޢިމްރާންގެ އެ ޢަމަލުތަކާއި ގުޅިގެން އެމަނިކުފާނަށް ވަނީ ވަރަށް ގިނަބަޔައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.

މިއާއެކު ޢިމްރާން ވިދާޅުވެފައިވަނީ، ފަލަސްޠީން ރައްޔިތުންގެ ޙައްގުގައި ފަރުދީގޮތުން ކުރެވުނު ކޮންމެ ކަމެއް ކުރައްވާނެކަމަށެވެ. އަދި އެއްވެސް ފަރާތެއްގެ އިންޒާރަކަށް، ބިރުދެއްކުމަށް ފަހަތަށް ނުޖެހޭނެކަމަށްވެސް ޢިމްރާން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަންތި
އިމްރާން ވަރުގެ ލަދެއްހަޔާތެއް ނެތް މީހަކު މިއުޑު ދަށުގަ އުޅޭނެހެނެއް ހިއެއްނުވޭ. ޤައުމެއްގަ މިފަދަ ބޮޑެތިކަންކަން ހިނގާ ދިއައިރު މާﷲ ދެއްވިނިއުމަތްތަކުގެމަތިން ހަންދުމައެއްނެއްގޯސްއެއްވެސްކަމެއް ނުފެނިފަ, ދީނަން ލޯބި ކުރާމީހަކު ބަހެއްބުނުމުން އަނގަފެޅީ. ރައްޔިތުންގެ ލާރިން ލިބުނު ވަރު އަދިވެސް މަދީތޯ. މިހާރު ތި ޝޭހަށް މިޤައުމުގަ އިޙްތިރާމްކުރަނީ މަދު މީހަކު. ތިކާކު ދެން.
ޙަބަރު އަތްޔަ ބަލަ އަލިރަމިޒު އަކިވެސް ކުރިންލަވަކިމިހެއްނުންތޮ އެއިގޮސްކަމެތްކަން އެނގުނިމަހުއްެތައިލިއެއްނުންތޮ އެހެންވިމަ ކުރިގެވަހަކަ ނުދަތްކުން ރަނގަލުވަނެ ކޮއްމެމިހަކުވެސް ރަނގަލުވިމަ އެނިމުނި ރަނގަލުވެތޮ މަސައްކަތް ކުރަންވި މިހުންގެގޮސްވަހަކަދަތްކަނެކަމެތްނެއް އެއިވަރަތްދެރަކަމެއް
މ މުހައްމަދު.
ޖަހަންނަމައިގެ ހޫނު އަޒާބަައް ވުރެށް ދުނިޔޭގެ ލަދު ބޮޑު ވާނެއެވެ.. އެއީ އެބައި މީހުން ދުނީޔޭގެ އެދުން ބޭން ވާހެނޭވެ.. އޭ އިމްރާން ..
ޙ ޙާނީ
ހަމަ ގައިމުވެސް ފަހަރި ނުތަޅާ. ކޮމެންޓް ނުޖެހިޔަސް އޯކޭ! ރިވިއު ކުރާ ކުއްޖާއަށް ވަރަށް ސަލާމް!
އ އަފީފާ އަޙުމަދު
އިމުރާނޫ ކަލޭކުނޑަކޮއްވެސްލަދެއްނުގަނޭތަ ކަލެއައް އަލީރަމީޒެއް ނޭގޭނެ ކަލެއައްހަމަ އެކަނިއިގޭނީ ފަހަރި އެނޫއްމީ ހެއްނޭގޭނެ ކާކުތަދެއްމީ
އ އަފީ
އިމުރާނޫ ކަލޭކުނޑަކޮއްވެސްލަދެއްނުގަނޭތަ ކަލެއައް އަލީރަމީޒެއް ނޭގޭނެ ކަލެއައްހަމަ އެކަނިއިގޭނީ ފަހަރި އެނޫއްމީ ހެއްނޭގޭނެ ކާކުތަދެއްމީ
Hehe imraan ah kankan maaboda igeynee Ali rameez buneehama thedhe home minister ge magaamugai huriiru plasdheen dheenuge dhifaauga nikumeehun hutuvee hama imraan mihaar nukume plasdheen nuge vaahaka dhekeemei hairaanvejjei
ކ ކިތާބީ ހެކި
އަނެއްކާ ރައްޔިތުންނަށް އަނެއް ކިތާބީ ހެކީގެ ބޭރުގަނޑު ދައްކަން ތައްޔާރުވަނީތޯ؟
ސ ސުންދުސް
ކަލޭ ކުރަނީ ކީއްކަންވެސް އެނގޭ. އަންހެންވެރިން ކިޔާދޭ ޕާޓީ އޮފީހަށް އަންނާށޭ ކިޔާފަ ކުރާ ކަންތައް. ފަހަރިއެއްގެ ވާހަކަވެސް އަޑުއިވޭ.
ސ ސުންދުސް
ތި އިމަޅާނުއަކީ ބޮޑު މުނާފިގެއް.