"ބާރުވެރިކަން އޮވެ ފަލަސްޠީނުގެ އަޑު އުފުލުން ހުއްޓުވާފައި، އެބާރު ނެތެމުންދާތީ އަޑު އުފުލަން ނިކުންނާނީ ގޮތެއްފޮތެއްނެތީމަ"

"ބާރުވެރިކަން އޮވެ ފަލަސްޠީނުގެ އަޑު އުފުލުން ހުއްޓުވާފައި، އެބާރު ނެތެމުންދާތީ އަޑު އުފުލަން ނިކުންނާނީ ގޮތެއްފޮތެއްނެތީމަ"

Author
އައިޝަތު އަޙްމަދު
21 އޮކްޓޯބަރ 2023 11:12
0

އާރާއި ބާރު އޮތްދުވަހު ފަލަސްޠީނުގެ ދިފާޢުގައި ކުރި މަސައްކަތަށް ހުއްޓުވައި، ބާރުވެރިކަން ނެތުމުން ނިކުމެ ފަލަސްޠީނުގެ ދިފާޢުގައި ނިކުތުމެ އަޑުއުފުލުމަކީ ގޮތެއް ފޮތެއް ނެތުންކަމަށް ޢަލީ ރަމީޒް ވިދާލުވެއްޖެއެވެ.

އަލީ މިހެން ވިދާޅުވީ، މިހާރުގެ ސަރުކާރުގައި 2021 ވަނަ އަހަރުގެ މެއި މަހު އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާ ތަކާއި ދެކޮޅަށް ޒުވާނުން އިސްނަގައިގެން ހުޅުމާލޭގައި ބޭއްވި ސައިކަލު ބުރު ބޭއްވިޔަ ނުދީ ފުލުހުން ހުރަސްއެޅުމަށް އިޝަރާތްކުރައްވައެވެ. ފަލަސްޠީނުގެ ޙާލަތާއި ގުޅިގެން ޒުވާނުން ތަކެއް އިސްވެތިބެ ހުޅުމާލޭގައި ކުރިޔަށް ގެންދަން އުޅުނު ސައިކަލު ބުރަށް ފުލުހުން ހުރަސް އަޅާފައެވެ.

އެ ޚަބަރާއެކު ޢަލީ ރަމީޒް ޓްވީޓުގެ ޕޯސްޓެއްގައި ވިދާޅުވީ، އާރާއި ބާރުހުރި ދުވަހު، އަނިޔާވެރި އިސްރާޢީލުގެ އުދުވާނުތަކާއި ދެކޮޅަށް ޞޭއްވި ސައިކަލު ބުރު ހުއްޓުވާފައި، އެ ބާރުވެރިކަން ނެތެމުންދާ ދަނޑިވަޅުގައި ނުކުމެ ފަލަސްތީން ކިޔަމުން ނުކުންނާނީ އެއްވެސް ގޮތެއް ފޮތެއް ނެތީމާކަމަށެވެ.

ވަކީ މީހެއްގެ ނަން ވިދާޅު ނުވެ ޢަލީ ރަމީޒް މިހެން ވިދާޅުވެފައިވާއިރު، ސައިކަލު ބުރު ހުއްޓުވާފައިވަނީ ހޯމް މިނިސްޓަރަކަށް ޢިމްރާން ޢަބްދުﷲ ހުންނަވައިގެންނެވެ. ނަމަވެސް ފަލަސްޠީނުގެ ދިފާޢުގައި އެއްވުންތައް ބޭވުމަށް އިސްނަގައި ފަލސްޠީނުގެ ދިފާޢުގައި ޢިމްރާން އަންނަނީ އަޑުއުފުލަމުންނެވެ.

ޢިމްރާންގެ އެ ޢަމަލުތަކާއި ގުޅިގެން އެމަނިކުފާނަށް ވަނީ ވަރަށް ގިނަބަޔައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.

މިއާއެކު ޢިމްރާން ވިދާޅުވެފައިވަނީ، ފަލަސްޠީން ރައްޔިތުންގެ ޙައްގުގައި ފަރުދީގޮތުން ކުރެވުނު ކޮންމެ ކަމެއް ކުރައްވާނެކަމަށެވެ. އަދި އެއްވެސް ފަރާތެއްގެ އިންޒާރަކަށް، ބިރުދެއްކުމަށް ފަހަތަށް ނުޖެހޭނެކަމަށްވެސް ޢިމްރާން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ަ ަިއަހުމަދު
dhuvahaku vea ey Imran bunaa bahey adhi bunaagothey ves nuhadhaa nan