ޖޯ ބައިޑްން އިސްރާއީލަށް ވަޑައިގަންނަވަނީ

ޖޯ ބައިޑްން އިސްރާއީލަށް ވަޑައިގަންނަވަނީ

ގުޅުންހުރި

އެމެރިކާގެ ރައީސް ޖޯ ބައިޑްން އިސްރާއީލަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވިދާޅުވީ ހަމާސްގެ ކިބައިން ދިފާއުވުގެ ހައްގު އިސްރާއީލަށް ލިބިގެންވާކަމަށް ވިދާޅުވެ އެމެރިކާއިން އޮތީ އިސްރާއީލާއެކީކަން މި ދަތުރުފުޅުގައި ބައިޑަން ހާމަކުރައްވާނެ ކަމުގައެވެ.

ހަމާސް އިސްރާއީލް ހަގުރާމައިގެ އެންމެ ފަހުގެ ތަފްސީލު:

  • ބައިޑްން ކުއްލިގޮތަކަށް އިސްރާއީލަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 2،800 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް އެންމެ ފަހުގެ ރިޕޯޓްތައް ވަނީ ބުނެފަ.
  • އީރާނުގެ ރަސްމީ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އެގައުމުގެ ޚާރިޖީ ވަޒީރު ހުސައިން އާމިރު ވިދާޅުވީ މެދުއިރުމަތީގެ ސަރަހައްދުގައި ތިބި އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުން އިސްރާއީލާ ދެކޮޅަށް "ކުރިއަށް އޮތް ގަޑިތަކުގައި" ވެސް ފިޔަވަޅު އަޅަމުންދާނެ ކަމުގަ.
  • ހަމާސްގެ ގައްސާމް ބްރިގޭޑުން ބުނެފައިވަނީ ޣައްޒާގައި 250 އަށް ވުރެ ގިނަ މީހުން ރަހީނުކޮށްފައިވާ ކަމަށާއި ހާލަތު ތަންދޭނަމަ ބޭރުގައުމުތަކުގެ މީހުން ދޫކޮށްލަން ތައްޔާރަށް ތިބި ކަމަށް.
  • އިސްރާއީލުން މެދުނުކެޑި ދެމުންދާ ބޮމުގެ ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެފައިވާއިރު، ވަށާލާފައިވާ ޣައްޒާގައި ބާކީ އޮތީ އެންމެ 24 ގަޑިއިރުގެ ފެނާއި ކަރަންޓާއި ތެޔޮ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ބުނެފަ.
  • އިސްރާއީލުން ވަނީ، އެއްގމު މަގުން ޣައްޒާއަށް އެރުމަށްޓަކާ، ޣައްޒާގެ ބޯޑަރު ފެންސް ކައިރީގައި އެތައް ހާސް ސިފައިންނާއި ޓޭންކްތަކާއި ހަތިޔާރުތައް ޖަމާ ކޮށްފައި.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ