ކޮތަޅުން ނަގާ ފީ ކުޑަކުރާ އިޞްލާހު ދިރާސާކުރަން މުޅި މަޖިލީހަށް

ކޮތަޅުން ނަގާ ފީ ކުޑަކުރާ އިޞްލާހު ދިރާސާކުރަން މުޅި މަޖިލީހަށް

ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ގެނައި އިޞްލާޙާއިއެކު މިހާރު ކޮތަޅަކުން ނަގަމުން އަންނަ 2 ރުފިޔާގެ ޓެކްސް، 50 ލާރިއަށް ކުޑަ ކުރުުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި އިސްލާހު ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިިފިއެވެ. މި އޞްްލާހުގެ ބަހުސް މަރުހަލާ ނިންމާ ދިރާސާކުރަން މިއަދުގެ ޖަލްސާގައި ފޮނުވީ މުޅި މަޖިލީހުގެ ކޮމިޓީއަށެވެ. އެގޮތަށް ފާސްވޯ 40 މެންބަރުންގެ ވޯޓުންނެވެ.

ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހު ތަސްދީޤުކުރެއްވި ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ދަށުންނެވެ. އެ ގާނޫނުގައި އޮތްގޮތުން، ކޮތަޅުން ފީ ނަގަން ފަށަންޖެހޭނީ ޤާނޫނަށް އަމަލުކުރަން ފަށާތާ 4 މަސް ހަމަވާ ދުވަހުން ފެށިގެނެވެ.

ކޮތަޅުން 2 ރުފިޔާގެ ޓެކްސްއެއް ނެގުމަށް ޤާނޫނަށް ގެނައި އިސްލާހާއިއެކު އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އޭރު ހުށަހެޅުމުން ސަރުކާރުން ވަނީ ޤަނޫނު އިސްލާހު ކުރުމަށް މެއި މަހުގެ ތެރޭގައި ހުށަހެޅާފައެވެ. ނަމަވެސް މަޖިލީހުގައި އުފެދުނު ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި މިމަސައްކަތް އޮތީ ނުކުރެވި މަޑު ޖެހިފައެވެ.

ބިލަށް ވާހަކަ ދައްކަވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެފައިވަނީ ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ފެށި ދަނޑިވަޅަކީ ދުނިޔޭގެ ބާޒާރުގައިވެސް ތަކެތީގެ އަގު އިންތިހާއަށް މަތިވެގެންދިޔަ ދުވަސް ވަރެއްގައި ކަމަށެވެ. އޭނާ ވަނީ ކޮތަޅުން ނަގާ ފީއާއި ގުޅިގެން އެކަމަށް ހައްލު ތަކެއް ގެނައުމަށް އިސްލާހު ތަކެއް ހުށަހަޅުއްވާކަމަށެވެ.

އެގޮތުން އޭނާ ވަނީ ރޯމަސް އުފުލުމާއި ކުނިވާ ޒާތު ކުނި އުކައިލުން ފަދަ ކަންކަމަށް ގަނޑުކޮށް ކޮތަޅު ގަތުމަކީ ފީ ނެގުމުގައި އިސްތިސްނާ ހާލަތްތަކުގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅާފައެވެ. އަދި ރީޓެއިލް ފިހާރަތަކާއި ސައިހޮޓާތަކަށް އިދާރީ ގޮތުން ބުރަ ނުވާ ގޮތަކަށް ފީ ނެގުމުގެ ނިޒާމު ބަދަލުކުމަށްވެސް ވަނީ ހުށަހަޅާފައެވެ.

ތިން ވަނަ ކަމަކަށް އަޅުގަނޑު ހުށަހަޅަނީ ކޮތަޅަކަށް ޗާޖްކުރެވޭ އަދަދު މިހާރަށް ވުރެ ދަށްކުރުން. އަަޅުގަނޑު ދެކޭ ގޮތުގަައި ފުރަތަމަ ފަހަރު 50 ލާރި ކޮތަޅަކަށް ނަގާ ގޮތަށް އޮތުން ރަނގަޅު.

– ސަލީމް ވިދާޅުވިއެވެ.

ސަލީމް ވަނީ ޓެކްސް ނެގުމަށް ބަދަލުތަކެއް ގެނައި ނަމަވެސް މިއީ އަހަރުން އަހަރަށްވެސް ބަދަލު ގެނެވޭ ކަމެއްގެ ގޮތުގައި ކުރެވިދާނެ ކަމެއްކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *