ބޮލީވުޑްގެ މަޝްހޫރު އަންހެން ތަރި ކްރީތީ ސެނޮން ކޯވިޑް-19އަށް ޕޮޒިޓިވް ވީކަން އޭނާ ޔަގީންކޮށްދީފި އެވެ.
އެކްޓަރު ރާޖްކުމާރު ރާއޯއާއެކު ފިލްމެއްގެ ޝޫޓިންގްގައި ޗަންދީގަރްގައި އުޅެފައި އެނބުރި މުމްބާއީއަށް ކްރީތީ އައިތާ އަދި މާގިނަ ދުވަސްތަކެއް ނުވެއެވެ. އޭނާ ޕޮޒިޓިވް ވީ ކަމުގެ ޚަބަރުތަށް އަންގާރަ ދުވަހު ފެތުރުނު ނަމަވެސް އެކަން އޭނާ ކަށަވަރުކޮށްދިނީ އިއްޔެއެވެ.
ކޯވިޑަށް ޕޮޒިޓިވް ވީކަން ހާމަކޮށް އޭނާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޕޮޒިޓިވްވީ ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށާއި މިހާރު ކަރަންޓީންވެފައި ވާކަމަށެވެ. އަދި ކަރަންޓީނުގެ ދުވަސްވަރު ރެސްޓް ކުރުމަށްފަހު އަލުން އަނބުރާ މަސައްކަތަށް ވަރަށް އަވަހަށް ނުކުންނާނެ ކަމަށްވެސް ކްރީތީ ބުންޏެވެ. އަދި އެކަކުވެސް ކަންބޮޑު ނުވުމަށާއި ރައްކާތެރިވެ ތިބުމަށް އެދެމުން ކްރިތީ ބުނީ " ޕެންޑަމިކް އަދި ނުނިމޭ" ކަމަށެވެ.
??? pic.twitter.com/pbMC64X4dV
— Kriti Sanon (@kritisanon) December 9, 2020
ކްރީތީ ސެނޮންގެ ކުރިއަށްހުރި މަސައްކަތް ތަކަށް ބަލާއިރު އަކްޝޭ ކުމާރާއި އެކު "ބައްޗަން ޕާންޑޭ" އިން އޭނާ ފެނިގެން ދާނެއެވެ. މީގެ އިތުރުން ލަކްޝްމަން އުތެކާގެ ފިމްލް "މިމީ" ގައިވެސް ކްރީތީ ފެންނާނެއެވެ.
ކްރީތީ ކޯވިޑަށް ޕޮޒިޓިވްވެފައި ވާއިރު ދާދިފަހުން ހަމަ ޗަންދީގަރްގައި ޝޫޓިންގ ފަށާފައިވާ މަލްޓި ކާސްޓް ފިލްމް "ޖުގް ޖުގް ޖިޔޯ"ގެ ގިނަ ތަރިންތަކެއްވެސް ކޯވިޑަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އެ ފިލްމުގެ ތަރިންގެ ތެރެއިން އެންމެފަހުން ކޯވިޑަށް ޕޮޒިޓިވްވީކަން ހާމަކުރީ މަނީޝް ޕޯލް އެވެ. މަނީޝް އަކީ އެންމެފަހުން ފިލްމުގެ ޝޫޓިންގްއާ ގުޅުނު ތަރިވެސްމެއެވެ.
"ޖުގް ޖުގް ޖިޔޯ"ގެ ތަރިންގެ ތެރެއިން ފުރަތަމަ ކޯވިޑަށް ޕޮޒިޓިވްވީ ލީޑް އެކްޓަރ ވަރުން ދަވަން އާއި ނީތޫ ކަޕޫރެވެ. އޭގެފަހުން ޑައިރެކްޓަރ ރާޖް މެހެތާ ވެސް ކޯވިޑަށް ޕޮޒިޓިވް ވުމުން ވަގުތީ ގޮތުން ފިލްމުގެ ޝޫޓިންގ ވަނީ މެދުކަނޑާލާފައެވެ. ޝޫޓިންގ މެދުކަނޑާލުމާއެކު އެކްޓަރ އަނިލް ކަޕޫރު ވަނީ އެނބުރި މުމްބާއީއަށް ގޮސްފައެވެ. އަދި ނީތޫގެ ދަރިފުޅު ރަންބީރު ކަޕޫރު ވަނީ އެއަރ އެމްބިއުލާންސެއް ޗާޓާކޮށްގެން ނީތޫ މުމްބާއީއަށް ގެންގޮސްފައެވެ.