މެލޭޝިއާގެ ޢިމާރާތަކުން ވެއްޓުނު ޒުވާނާގެ ހަށިގަނޑު ރާއްޖެ ގެނެސްފި

މެލޭޝިއާގެ ޢިމާރާތަކުން ވެއްޓުނު ޒުވާނާގެ ހަށިގަނޑު ރާއްޖެ ގެނެސްފި

Author
އައިޝަތު އަޙްމަދު
14 އޮކްޓޯބަރ 2023 02:31
0

މެލޭޝިއާގެ ޢިމާރާތަކުން ވެއްޓި ނިޔާވި ޒުވާނާގެ ހަށިގަނޑު ރާއްޖެ ގެނެސްފިއެވެ.

މިމަހުގެ 10 ވަނަ ދުވަހު ޢުމުރުން 22 އަހަރުގެ ދިވެހި ޒުވާނަކު ވަނީ މެލޭޝިއާގެ ޢިމާރާތެއްގެ 14 ވަނަ ފަންގިފިލާއިން ވެއްޓި ނިޔާވެފައެވެ. ފޮރިން މިނިސްޓްރީން ބުނީ އޭނާގެ ހަށިގަނޑު މިއަދު ހެނދުނު 10:00ހާއިރު ރާއްޖެ ގެނެސްފައިވާކަމަށެވެ. އޭނާގެ ހަށިގަނޑު ރާއްޖެ ގެނައީ އޭނާގެ އާއިލާގެ އެދުމަށްކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

އޭނާ އެ ޢިމާރާތުން ވެއްޓުނު ސަބަބެއް އަދި ސާފެއް ނުވެއެވެ.

ނިޔާވި ޒުވާނާއަކީ މެލޭޝިއާއަށް ތަޢުލީމް ހާސިލްކުރުމަށް ގޮސް ހުރި މީހެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.