މިދައުރު ނިމުމުގެ ކުރިން އަމީނީ މަގު ހަދާ ނުނިމޭނެ: މިނިސްޓްރީ

މިދައުރު ނިމުމުގެ ކުރިން އަމީނީ މަގު ހަދާ ނުނިމޭނެ: މިނިސްޓްރީ

Author
އައިޝަތު އަޙްމަދު
13 އޮކްޓޯބަރ 2023 03:00
0

ތާރު އަޅައިގެން ތަރައްޤީކުރަމުން އަންނަ އަމީނީ މަގުގެ މަސައްކަތް މިދައުރުގައި ނިންމާ ނުލެވޭނެކަމަށް ޕްލޭނިް މިނިސްޓްރީން ބުނެފިއެވެ.

އަމީނީމަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. މިހާރު ވަނީ ހެންވޭރުން ފެށިގެން މާފަންނު ޕްލޭނިން މިނިސްޓްރިއާއި ހަމައަށް ތާރު އަޅާފައެވެ. އަދި ދިވެހި ރާއްޖޭގެ އަޑުން ފެށިގެން ބޭރު މަގާ ހަމައަށް އޮތްބައިގެ މަސައްކަތް ނުނިމެއެވެ. އެ މަސައްކަތް ހުއްޓާލީ ރިޔާސި އިންތިޚާބަށެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، މިދައުރުގައި އަމީނީ މަގުގެ މަސައްކަތް ނުނިމޭނެެކަމަށެވެ. ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށްދާ ސްޓޯމް ވޯޓަރ ޕްރޮޖެކްޓަށް އަމީނީމަގުގައި ވަރަށް ފަލަ ހޮޅިތަކެއް ވަޅުލަންޖެހޭ ކަމަށާއި،  ހޮޅިތަކަކީ ރާއްޖޭން ބޭރުން ގެންނަންޖެހޭ ހޮޅިތަކެއް ކަމަށް އަކްރަމް ވިދާޅުވިއެވެ. އެ މަސައްކަތް ކުރަން ދެތިން މަސް ނަގާނެކަމަށް އަކްރަމް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚަބަށްފަހު އައު ސަރުކާރު ހުވާ ކުރުމަށް ބާކީ އޮތީ 35 ވަރަކަށް ދުވަހެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދު ތަރައްޤީކުރުން ހިމެނެއެވެ. މި މަސައްކަތް ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކުންފުންޏާ ޙަވާލުކުރެއްވީ 84.4 މިލިޔަން ރުފިޔާއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.