ކެރިއަރުގެ އެންމެ ޗެލެންޖިން ފިލްމަކީ "ޓައިގާ 3″: ކެޓްރީނާ

ކެރިއަރުގެ އެންމެ ޗެލެންޖިން ފިލްމަކީ "ޓައިގާ 3″: ކެޓްރީނާ

Author
ފާތިމަތު ނާވީ
14 އޮކްޓޯބަރ 2023 09:54
0

އީދު ދުވަހާއި ދިމާކޮށް ރިލީޒް ކުރުމަށް ތައްޔާރު ވަމުން އަންނަ ފިލްމް "ޓައިގާ 3″ އަކީ ކެރިއަރުގެ އެންމެ އުނދަގޫ، އެންމެ ޗެލެންޖިން ފިލްމު ކަމަށް ބަތަލާ ކެޓްރީނާ ކައިފް ބުނެފި އެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމް އިން ވެސް ފެނިގެންދާނީ މީގެ ކުރިން ވެސް އެ ސިލްސިލާގެ ލީޑުން ފެނިގެންދިއަ ސަލްމާން ހާން އާއި ކެޓްރީނާ ކައިފްއެވެ.

މި ހަފްތާގެ ކުރީކޮޅުގައި ފިލްމްގެ ޕޯސްޓަރެއް ހިއްސާ ކުރަމުން ކެޓްރީނާ ބުނެފައިވައިނީ ފިޒިކަލީ އެންމެ ޗެލެންޖިންގ ރޯލެއް ކުޅެވުނު ފިލްމް އަކީ "ޓައިގާ 3″ ކަމަށެވެ. ކެޓްރީނާ ބުނި ގޮތުގައި މި ފިލްމަކީ ބެލުންތެރިންނަށް އޭނަގެ ވަރަށް ވަރުގަދަ އެކްޝަންތަކެއް ފެންނާނެ ވަރަށް، އުންމީދު ނުކުރާ ކަހަލަ ފިލްމަކަށް ވާނެ އެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

"ޓައިގާ 3″ގެ ޓްރެއިލާ މި މަހުގެ 16 ގައި ބެލުންތެރިންނަށް ދޫކޮށްލާނެ އެވެ. މީގެ ފުރަތަމަ ފިލްމަކީ 2012 ގެ "އޭކް ތަ ޓައިގާ" އެވެ. އަދި ދެވަނަ ފިލްމަކީ 2017 ގެ "ޓައިގާ ޒިންދާ ހޭ" އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.