ޓްރެފިކް ޖޫރިމަނާ މަޢާފްކުރާ ޕްރޮގްރާމްގައި 850 މީހުން ބައިވެރިވެއްޖެ

ޓްރެފިކް ޖޫރިމަނާ މަޢާފްކުރާ ޕްރޮގްރާމްގައި 850 މީހުން ބައިވެރިވެއްޖެ

ގުޅުންހުރި

ޓްރެފިކް އުސޫލްތަކާއި ޚިލާފްވެގެން ކޮށްފައިވާ ޖޫރިމަނާތައް މަޢާފްކުރުމަށް ފުރިހަމަކުރަންޖެހޭ ތަމްރީން ޕްރޮގްރާމްގައި 850 މީހުން ބައިވެރިވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއާއި ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެޕްރޮގްރާމަށް ލިބޭ ތަރުހީބު ބޮޑުކަމަށާއި، މިހާތަަނށް 850 މީހުން ބައިވެރިވެފައިވާކަމަށެވެ.

ކޮންމެ މީހަކުވެސް 20 ގަޑިއިރު ފުރިހަމަ ކުރަންޖެހޭއިރު، ކްލާހެއްގައި 65 މީހުން ހިމެނުމަށް މަސައްކަތްކުރާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ޓްރެފިކާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާތައް މަޢާފްކޮށްދިނުމަށް ނިންމަވާފައެވެ. މިއީ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ޢަމަލުކުރުމަށް ރައްޔިތުންނަށް ބާރު އެޅުމަށާއި ޓްރެފިކާ ގުޅޭ އުޞޫލުތަކާ ޚިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް ލުޔެއް ދިނުމުގެ ގޮތުން އެމަނިކުފާނު ނިންމަވާފައިވާ ނިންމެވުމެކެވެ.

ޖޫރިމަނާތައް މަޢާފްކޮށްދިނުމަށް ހަމަޖެހިފައިވަނީ ޓްރެފިކާ ގުޅޭ ގަވާއިދުތަކާއި އިޖުތިމާޢީ އެހެން މައްސަލަތަކަށް ހޭލުންތެރިކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފަރުމާކޮށް ކަނޑައަޅާ 20 ގަޑިއިރުގެ ޓްރެއިނިންގ ޕްރޮގްރާމެއް ފުރިހަމަކުރުމުންނެވެ.

މިޓްރެއިންގ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފަވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން، 2 ހަފްތާއާއި 1 މަސްދުވަހަށްވުރެ ދިގު ނުވާނެ ގޮތަކަށެވެ. މިކަން ކުރުމުގެ ބޭނުމަކީ ޓްރެފިކް ޤަވާއިދާ ޚިލާފުވާ ފަރާތްތަކުން، މިފަދަ މައްސަލަތައް ތަކުރާރުވާ މިންވަރު މަދުކުރުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ