ރިޗާ ޗައްޑާގެ ދެން ކުރިއަށް އޮތް ފިލްމު "ޝަކީލާ" ގެ އޮފިޝިއަލް ޓީސާ ދައްކާލައިފިއެވެ. މި ފިލްމުގައި ރިޗާ ދައްކުވައިދޭނީ 90ގެ އަހަރު ތަކުގައި މަޝްހޫރުވި ތަރިއެއްކަމަށްވާ ޝަކީލާގެ ދިއުޅުމުން، ޝަކީލާގެ ރޯލެވެ.
ބައެއް މީހުންނަށް "ޑާޓީ ޕިކްޗާ" ގެ ވިދްޔާ ބާލަންގެ ހަނދާންވެސް އާކޮށްދީފާނެއެވެ. ޝަކީލާ އަކީ ކުރީގެ އިންޑިއަން އެކްޓްރެސް އަދި މޮޑަލްއެކެވެ. 90 ގެ އަހަރު ތަކުގައި ޖެހިޖެހިގެން އެތައް ބްލޮކްބަސްޓާ ފިލްމުތަކެއްގައި ޝަކީލާ ވަނީ އެކްޓްކޮށްފައެވެ.
50 ސިކުންތުގެ މި ޓީސާ ފެށިގެންދަނީ ވާހަކަ ހުށައަޅައި ދޭ މީހާ އޭރު ޝަކީލާގެ މަޝްހޫރުކަން ކިޔައިދެމުންނެވެ. އޭނާގެ ވާހަކާގައި ބުނަނީ އޭރު ޝަކީލާއަކީ ސިނަމާތަކުން މީހުން މަދުވެ ވިޔަފާރި ދައްވުމުން ދެން ސިނަމާއަށް އަންނަ ނަން ކަމަށެވެ. އަދި މިހާރު 2020ގައިވެސް ސިނަމާތަށް ހުސްވެފައިވާ މި ދަނޑިވަޅުގައި މިއައީ ޝަލީކާ ކަމަށް ޓްރެއިލާގައި ބުނެފައިވެއެވެ. މި ޓީސާގައި ފިލްމުގެ އެކްޓަރ ޕަންކަޖް ޓްރިޕާތީވެސް ފެނިގެންދެއެވެ. ފިލްމް ރިލީސްކުރުމަށް ނިންމާފައިވަނީ މި މަހު 25ގަ އެވެ.
ރިޗާ ދިން އިންޓަވިއުއެއްގައި ބުނީ ފިލްމް ރިލީސް ކުރާތީ ވަރަށް އުފާވާ ކަމާށާއި މުޅި މިއަހަރު ޑިޕްރެސް ވެފައިވާ ދިރިއުޅުންތަކަށް މި ފިލްމުގެ ސަބަބުން ހިނިތުންވުން އަންނާނެކަމަށް އުންމީދު ކުރާކަމަށެވެ. އަދި ޕަންކަޖާއި އެކު މަސައްކަތްކޮށްލަން ލިބުމުން އުފާކަމަށްވެސް ވަނީ ބުނެފައެވެ.
ސައުތު އިންޑިއާއަށް ނިސްބަތްވާ ޝަކީލާގެ ދިރިއުޅުމުގެ ވާހަކައަކީ މުޅިން ތަފާތު ވާހަކައެއް ކަމަށް ފިލްމުގެ ޑައިރެކްޓަރ އިންދްރަޖީތު ލަންކޭޝްވެސް ވަނީ ބުނެފަ އެވެ.
މިއީ ގިނަ އަހަރުތަކެއްވާންދެން ސިނަމާތައް ފަޅުފިލުވާލަދިން ތަރިއެއްގެ އިތުރުން ސިނަމާތަކުން ފައިދާއެއް ނުވާ ދަނޑިވަޅުތަކުގައި ޕްރޮޑިއުސަރުންގެ "މާކެޓިންގ ޓޫލް" އެކެވެ. ޝަކީލާގެ 250 އަށްވުރެ ގިނަ ފިލްމް ނުކުމެފައި ވެއެވެ.
ކޮމެންޓު ފޮނުވާ