މުޅި އުންމަތް އެއްބައިވާންވީ ވަގުތު ވަނީ ޖެހިފައި: އިމްރާން

މުޅި އުންމަތް އެއްބައިވާންވީ ވަގުތު ވަނީ ޖެހިފައި: އިމްރާން

Author
އަހުމަދު
10 އޮކްޓޯބަރ 2023 09:41
0

މުޅި އުންމަތް އެއްބައިވެ، އެކަތިގަނޑަކަށް ވާންވީ ވަގުތު ޖެހިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

އިމްރާން އެގޮތަށް ވިދާޅުވެފައި ވަނީ ފަލަސްތީނާއި އިސްރާއީލާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. މި ހަމަލާތަކުގައި ފަލަސްތީނުގެ 680 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ އިރު، އިސްރާއީލްގެ 900 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފައެވެ. އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ބޮން އަޅަމުންދާ އިރު، އެތައް އިމާރާތްތަކެއް ވަނީ ބިމާ ހަމަކޮށްލައިފައެވެ. އަދި ހަމާސް އިން ވެސް ދަނީ އިސްރާއީލަށް ރޮކެޓް ހަމަލާތައް ދީ، އެ ގައުމުގެ ތަންތަނަށް ވެސް ގެއްލުން ދެމުންނެވެ.

އިމްރާން ވިދާޅުވީ މުުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފައި ކަމަށެވެ.

"ފަރުދީ ތަފާތު ތަކާ މަސްލަހަތުތައް އެއްފަރާތް ކޮށްގެން މެނުވީ އުންމަތުގެ ކަރާމަތާއި، ޝަރަފާ، އިއްޒަތް ސަލާމަތްވާނެ ހަމަ އެއްގޮތެއްވެސް ނެތް." އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ކޮންމެ މުސްލިމަކު އެމީހެއްގެ ދައުރު ފުރިހަމައަށް އަދާކުރަން ޖެހޭ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ހަމާސްއިންވަނީ ވައި، ކަނޑު އަދި އެއްގަމު މަގުން އިސްރާއީލަށް ހަމަލާ ދޭން ފަށާފައެވެ. އެ ހަމަލާތައް ވެގެންދިޔައީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތް ފަހުން އެ މީހުން ކުރިމަތިލީ އެންމެ ނުރައްކާތެރި ހަމަލާތަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.