ގާނޫނުތަކުން ކަށަވަރު ކޮށްދީފައިވާ ދިފާޢުވުމުގެ ޙައްގުން ރައީސް ޔާމީން މަޙުރޫމްކުރަމުން މި ސަރުކާރުން ގެންދާކަމަށް ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެހުންނެވި ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޖަލުގައި ހުންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ޤާނޫނީ ވަކީލުން މާފުއްޓަށް އެމަނިކުފާނާ ބައްދަލުކުރައްވަން ވަޑައިގަތުމަށް އެދިވަޑައިގަތުމުން ޕީސީއާރު ޓެސްޓެއް ހަދައި ނަތީޖާ ހުށަހަޅަންޖެހޭނެ ކަމަށް ކަރެކްޝަންސްއިން އެންގުމާ ގުޅިގެން ރައީސް ޔާމީންގެ ވަކީލުންނަށް އެމަނިކުފާނާ މިއަދުވެސް ބައްދަލުނުކުރެވުމުން ޢަބްދުއްރަހީމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ޙަގީގީ ބައިވެރިން ކަމުގައިވާ އަދީބާ ޒިޔަތާއެކު ޑީލް ހަދައިގެން އިތުރު މަސްއަލަތައް އުފަން ކުރުވާ ގަސްދުގައި ރައީސް ޔާމީނަށް އަނިޔާކުރަމުން ގެންދާކަމަށެވެ.
މި ސަރުކާރުން ގެންދަނީ ގާނޫނުތަކުން ކަށަވަރު ކޮށްދީފައިވާ ދިފާޢުވުމުގެ ޙައްގުން ރައީސް ޔާމީން މަޙުރޫމްކުރަމުން. MMPRC ގެ ޚިޔާނާތުގެ ޙަގީގީ ބައިވެރިން ކަމުގައިވާ އަދީބާ ޒިޔަތާއެކު ޑީލް ހަދައިގެން އިތުރު މަސްއަލަތައް އުފަން ކުރުވާ ގަސްދުގައި ރައީސް ޔާމީނަށް އަނިޔާކުރަމުން
– ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ
ރައީސް ޔާމީންގެ ޤާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ، ރައީސް ޔާމީނަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުން ދަނީ ތަކުރާރުކޮށް ހުރަސް އަޅަމުންކަމަށާއި، މިއަދުގެ ވަކީލު ބައްދަލުވުން ދިނުމަށް ކުއްލިއަކަށް އާ ޝަރުޠެއް ކުރިމަތި ކުރުމުން މިއަދު ވެސް ރައީސް އާ ބައްދަލު ކުރެވޭ ގޮތެއް ނުވިކަމަށެވެ. މިކަން ކުރުމަށް ލައްކަ ގިނަ ގޮންޖެހުން އެބަހުރިކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީނަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުން ދަނީ ތަކުރާރުކޮށް ހުރަސް އަޅަމުން. މިއަދުގެ ވަކީލު ބައްދަލުވުން ދިނުމަށް ކުއްލިއަކަށް އާ ޝަރުޠެއް ކުރިމަތި ކުރުމުން މިއަދު ވެސް ރައީސް އާ ބައްދަލު ކުރެވޭ ގޮތެއް ނުވި. މިކަން ކުރުމަށް ލައްކަ ގިނަ ގޮންޖެހުން އެބަހުރި
— ???? ??????? (@AdamShameem) December 9, 2020
އެމްއެމްޕީއާރުސީ މައްސަލާގައި މިހާތަނަށް ކޮށްފައިވާ ހުކުމާއި، އަދި މިހާރު ކުރިއަށްދާ ޝަރީއަތުގައިވެސް ދައުލަތުން ފޯރުކޮށްދޭންޖެހޭ ލިޔެކިޔުން މިހާތަނަށްވެސް ސިއްރުކޮށް، ލިޔުންތައް ފޯރުކޮށް ނުދީ ކުރިއަށް ގެންދަނީ ވަރަށް ނާއިންސާފުން ކަމުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ