"ކަޅަކި" ގެ ޕްރޮމޯޝަނަލް ލަވަ އާންމުކޮށްފި

"ކަޅަކި" ގެ ޕްރޮމޯޝަނަލް ލަވަ އާންމުކޮށްފި

Author
ފާތިމަތު ނާވީ
10 އޮކްޓޯބަރ 2023 09:31
0

ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށްފައިވާ ބިރުވެރި ފިލްމު "ކަޅަކި" ގެ ޕްރޮމޯޝަނަލް ލަވަ ދައްކާލައިފި އެވެ.

އަންނަ މަހުގެ 7 ގައި އޮލިމްޕަހުގައި ޕްރީމިއާ ކުރުމަށް އަމާޒު ހިފައިފައިވާ "ކަޅަކި" ގެ ޕްރޮމޯޝަނަލް ލަވަ އަކީ އިސްމާއީލް އައްފާންގެ މެލޮޑީ ހަދައި ކިޔާފައިވާ ލަވަ ޑައިރެކްޓްކުރީ ރަވީ ފާރޫގެވެ.

 

https://fb.watch/nwSwwmcGI2/

 

ސްރީ ލަންކާގައި 2020 ގެ ކުރީކޮޅު ޝޫޓްކުރި "ކަޅަކި" އަކީ ކުރީގެ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށް، މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށް، ރޯލެއް ވެސް ކުޅެފައިވާ ފިލްމެކެވެ.

"ކަޅަކި" ގައި ދައްކުވައި ދޭނީ ޗުއްޓީއަކަށް ދާ ގްރޫޕަކަށް އެ މީހުން ތިބޭ ގެއިން ކުރިމަތިވާ ބިރުވެރި ހާދިސާތަކަކާ ގުޅިގެން، ޗުއްޓީ ދަތުރު ހަރާބުވެގެންދާ ގޮތެވެ. މި ފިލްމްވެސް ބޮޑު ކާސްޓެއް ފެނިގެންދާނެއެވެ.

ފިލްމުގެ ކާސްޓުގައި ހިމެނެނީ ޔޫސުފް ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން، މުޙައްމަދު މަނިކް، ރިޝްފާ، ލަހޫގެ އިތުރުން ޝިޔާ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.