ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާގެ ބައި އިލެކްޝަންސް ނޯންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިން މޭޓަކީ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ. އެހެންވެ އަންނަ މަހު ހުސައިން ނާއިބު ރައީސްކަމުގެ ހުވާ ކުރައްވާނެއެވެ. މިއާއެކު ފަރެސް މާތޮޑާ ދާއިރާގެ ގޮނޑިި ހުސްވާނެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވާ ތާރިީޚުން ފެށިގެން ފަސްދޮޅަސް ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރަންވާނެ ކަމަށް ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ.
ނަމަވެސް މެމްބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިހާބާ ދެމެދު އޮތީ ހަމަސް ދުވަސް ނުވަތަ އެއަށް ވުރެ ކުރު މުއްދަތެއް ކަމުގައިވާނަމަ އެ ހުސްވި ގޮނޑިއަކަށް މެމްބަރަކު އިންތިހާބު ކޮށްގެން ނުވާނެކަން ގާނޫނުގައި ބުނެފައި ވެއެވެ.
އެހެންކަމުން ފަރެސް މާާތޮޑާ ދާއިރާގެ ބައި އިލެކްޝަންސް ނުބާއްވާނެއެވެ. މީގެ އިތުރުންވެސް މަޖިލީހުގައި ހިމެނޭ ޕީޕީއެމް/ޕީއެންސީއަސް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުން ވަޒީރުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުގެ ފުރުސަތުވެސް އެބައޮތެވެ. އެހެން ކަމަށްވެއްޖެނަމަ އެގިނޑުތަކުގެ އިންތިޚާބުތައްވެސް ބާއްވަން ނުޖެހޭނެއެވެ.