ހިޔާ މަޝްރޫއުގެ ދަށުން ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 2500 ޔުނިޓަކީ ކުރީ ސަރުކާރުގެ މަޝްރޫޢުއެއް ނޫންކަމަށް ފްލެޓްތަކުގެ މައްސަލަ ބެލުމަށް ސަރުކާރުން އުފައްދާފައިވާ ކޮމިޓީން ބުނެފިއެވެ.
ފްލެޓްތަކުގެ އެންމެ ފަހުގެ މަޢޫލޫމާތު ދިނުމަށް ބޭއްވި ޕްރެސްކޮންފަރެންސްގައި އެކޮމިޓީގެ މެންބަރު ޠާހާ މުޙައްމަދު ވިދާޅުވީ، ހިޔާ މަޝްރޫޢުގައި ހިމެނޭ 2500 ޔުނިޓަކީ ކުރީ ސަރުކާރުގެ މަޝްރޫޢުއެއް ނޫންކަމަށާއި، އެމަޝްރޫޢު އުފަންވެފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 4 ގައިކަމަށެވެ. އެ 2005 މަޝްރޫޢުގެ ފްލެޓް ދޫކުރުމަށް ކުރީ ސަރުކާރުން އިޢުލާނުވެސް ނުކުރާކަމަށާއި، އެމަޝްރޫޢުއަށް ހުޅުޥާލިނަމަ ފްލެޓް ލިބޭ ވަގުތީ ލިސްޓެއްވެސް އޮންނާނެކަމަށް ޠާހާ ވިދާޅުވިއެވެ. ނަމަވެސް އެފަދަ ލިސްތެއްވެސް ނެތްކަމަށްވެސް ޠާހާ ވިދާޅުވިއެވެ.
އިޢުލާންކޮށްގެންތާ ޝަރުތުތަކެއްވެސް ހަމަވާނީ. އޭރުންތާ ބަޔަކު ހޮވޭނީވެސް.
– ފްލެޓް ކޮމިޓީގެ މެންބަރު ޠާހާ މުޙައްމަދު
ހިޔާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އިމާރާތްކުރަން ފަށާފައިވަނީ 7000ޔުނިޓުގެ ޓަވަރުތަކެކެވެ. އެ ހިޔާ ފްލެޓްތަކުގައި ހިމެނޭ 2500 ފްލެޓަކީ ކުރީ ސަރުކާރުގެ މޝްރޫޢުއެއް ނޫންކަމަށް ޠާހާ ވިދާލުވެފައިވާއިރު، 2500 ޔުނިޓުގެ މަސައްކަތް ކުރީ ސަރުކާރުންވަނީ ޗައިނާގެ ސައިނޯހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށް އެމަސައްކަތުގެ އީ.އައި.އޭ ރިޕޯޓުވެސް ނިންމާ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީއިން ޝާއިރުކޮށްފައެވެ.
އެހެންނަމަވެސް މިސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު 2500ޔުނިޓްގެ ޑިޒައިނާއި ސްކޯޕަށް 2019ވަނަ އަހަރުވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ހައުސިންގ މިނިސްޓްރީން ކުރިން ބުނެފައިވަނީ ދެކޮޓަރީގެ އެޕާޓްމަންޓްތަށް ތިންކޮޓަރިއަށް ބަދަލުކުރުމުން 2500 ޔުނިޓް 1700 ޔުނިޓަށް މަދުވެފައިވާކަމަށެވެ.
ކޮމެންޓު ފޮނުވާ