ސްރީ ލަންކާގައި ދުއްވަމުންދިޔަ ބަހެއްގެ މައްޗަށް ބޮޑު ގަހެއް ވެއްޓި 5 މީހުން މަރުވެއްޖެއެވެ.
މި ގަސް ވެއްޓުނީ ސަރީ ލަންކާގެ ކޮލޮމްބޯއިން ދެނިޔާޔާއަށް މިއަދު ހެނދުނު ދަތުރު ކުރަމުންދިޔަ ބަހެއްގެ މައްޗަށެވެ. މިހާދިސާ ހިނގާފައިވަނީ ކޮލޮމްބޯގެ ކާރޫބާރޫ ބޮޑު ޑުޕްލިކޭޝަން ރޯޑުގައެވެ.
ކޮލޮމްބޯ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ 5 ފިރިހެނުންނެވެ. އަދި އަނިޔާވި 4 މީހަކަށް ކޮލޮމްބޯ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
މިހާދިސާ ހިގަން މެދުވެރިވީ ސަބަބުން ރަސްމީ ފަރާތްތަކުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.