ޓްރާންސިޝަނަލް ކޮމިޓީއަށް ޢަބްދުއްރަޙީމް ޢައްޔަނުކުރައްވައިފި

ޓްރާންސިޝަނަލް ކޮމިޓީއަށް ޢަބްދުއްރަޙީމް ޢައްޔަނުކުރައްވައިފި

ރިޔާސީ އިންތިޚާބު ޑރ.މުޙައްމަދު މުޢިއްޒު ކަމިޔާބު ކުރެއްވުމާއި ގުޅިގެން، ވެރިކަމުގެ ބާރުތައް އައު ސަރުކާރަށް ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށް ުދެއްދި ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސް ބޭފުޅަކަށް ޕީއެންސީފެ ޗެއަރޕާސަން ޢަބްދުއްރަހީމް ޢަބްދުﷲ އައްޔަންކޮށްފިއެވެ.

މިކަމަށްޓަކައި ސިވިލް ސާރވިސް ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ ލިޔުން ސިވިލް ސާރވިސް ކޮމިޝަންގެ ފަރާތުން ވަނީ ޢަބްދުއްރަޙީމް ޢަބްދުﷲއާއި ހަމަވާލުކުރައްވާފައެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައިވާ ގޮތުން ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ބޭފުޅަކު ހަމަޖައްސަން ޖެހެނީ އިންތިހާބުވާ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތުގެ މަތިން ސިވިލް ސާވިސް ކޮމިޝަނުންނެވެ.

ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް މުއިއްޒުގެ އަރިހުގައި ރިޔާސީ ކެމްޕެއިންގައި ވެސް އެންމެ އިސްކޮށް އުޅުއްވި އަބްދުއްރަހީމް ވިދާޅުވީ، ޓްރާންސިޝަނަލް ކޮމިޓީގެ އޮފީސް އުފައްދަން ގާނޫނުގައި ބުނެފައި ވަނީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ފަހު ކަމަށް ވިޔަސް އެހެން ކޮމިޓީތަކުގެ މަސައްކަތް ފަށައިގަނެވޭތޯ ބަލަމުން އަންނަ ކަމަށެވެ. އަބްދުއްރަހީމަކީ ޕީޕީއެމް/ޕީއެންސީ ހިންގުމާ ވެސް ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ބޭފުޅާއެވެ.

ރިޔާސީ އިންތިޚަބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިޢުލާންކުރީ ރޭގައެވެ.

ގާނޫނުގައިވާ ގޮތުގެ މަތިން ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަނަލް އަށް ބައެއް ކަންކަން ހަމަޖައްސައިދޭން ޖެހެއެވެ. އޭގެ ތެރޭގައި އިންތިހާބީ ރައީސްގެ އޮފީހަކާއި އެ ތަނަށް ބޭނުންވާ ތަކެއްޗާއި މުވައްޒަފުންނާއި އެ މީހުންގެ މުސާރަ އާއި އިނާޔަތްތައް ހިމެނެ އެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި އެކިއެކި ފަންނީ މާހިރުންނާއި އެ މީހުންގެ މުސާރަ އާއި އިނާޔަތްތައް ވެސް ހަމަޖައްސަން ގާނޫނުން ލާޒިމްކުރެއެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައިވާ ގޮތުން އެންމެ ގިނަ ވެގެން ހަރަދު ކުރެވޭނީ އެއް މިލިއަން ރުފިޔާއެވެ. ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިއްޔެ ވަނީ އެ މަނިކުފާނުގެ ފަރާތްޕުޅުން ކޮމިޓީއެއް އުފައްދަވައިފައެވެ.

އެ ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާނީ ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކްރެޓަރީ ހުސައިން އާމިރު ކަމަށް އެ އޮފީހުން ބުންޏެވެ. ކަންކަން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

 

ރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމަށް އަލްފާޟިލް ޢަބްދުއްރަހީމް އަބްދުﷲ އަރާއިރު / ލ.ފޮނަދޫ، ހަމަޖެއްސުމަށް ބޭއްވުނު ބައްދަލުވުމުގެ ތެރެއިން.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *