"ތޭޖަސް" އަޅުވާނީ މިމަހު 27 ގައި

"ތޭޖަސް" އަޅުވާނީ މިމަހު 27 ގައި

Author
ފާތިމަތު ނާވީ
03 އޮކްޓޯބަރ 2023 02:12
0

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނާވަތުގެ ކުރިއަށް އޮތް ފިލްމް "ތޭޖަސް" އަޅުވާ ތާރީހު އިއުލާންކޮށްފިއެވެ.  ކުރިން ތޭޖަސް ރިލީޒް ކުރުމަށް ތާވަލް ކޮށްފައިއޮތީ 2023 ގެ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހަށެވެ.

ނަމަވެސް ފިލްމް ވަނީ އެޅުވުން ލަސް ކޮށްލައިފައިއެވެ. މީގެ ކުރިންވެސް ފިލްމް އެޅުވުމަށް ދެފަހަރެއްގެ މަތިން ތާވަލު ކުރިއެވެ. ނަމަވެސް އެކި އެކި ސަބަބުތަކާ ހެދި ފިލްމް ކޮންމެ ފަހަރަކުވެސް ތާރީހު ބަދަލު ކުރަން އޮންނަނީ ޖެހިފައިއެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މި ފިލްމް އެޅުވުމަށް މިހާރު އިއުލާން ކޮށްފައިވަނީ މިމހުގެ 27 ވަނަ ދުވަހަށެވެ. ބެލެވޭ ގޮތުގައި މިމަހުގައި ފިލްމް ބެލުންތެރިންނަށް ގެނެސްދޭނެއެވެ.

 

View this post on Instagram

 

A post shared by Kangana Ranaut (@kanganaranaut)

ސަރްވޭޝް މެވާރާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ އެއާފޯސް ޕައިލެޓް ތޭޖަސް ގިލްގެ ހަޔާތުގެ މައްޗަށް ހަދާ މި ބަޔޮޕިކްގައި ކަންގަނާ ފެނިގެންދާނީ ތޭޖަސްގެ ރޯލުންނެވެ. މިއީ ވަރަށް ހިތްވަރުގަދަ ޕައިލެޓެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.