"ދުރަންގާ" ގެ ދެވަނަ ސީޒަން ގެ ޓްރެއިލާ ދައްކައިލައިފި

"ދުރަންގާ" ގެ ދެވަނަ ސީޒަން ގެ ޓްރެއިލާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
05 އޮކްޓޯބަރ 2023 03:38
0

ކޮރެއާ ޑްރާމާ "ފްލަވާ އޯވާ އިވްލް" އަސްލަކަށް ބަލައިގެން އުފައްދާ ވެބް ސީރީޒް "ދުރަންގާ" ގެ ދެވަނަ ސީޒަން ގެ ޓްރެއިލާ ދައްކައިލައިފިއެވެ.

މި ޑްރާމާ އަކީ ޓީވީ ގެ މަޝްހޫރު ބަތަލާ ދްރަޝްތީ ދާމީ އާއި ސްމިތް ޕަޓޭލް ލީޑުން ފެނިގެންދާ ސީރީޒްއެކެވެ. މީގެ ފުރަތަމަ ސީޒަން އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައިއެވެ.

މި ޑްރާމާގައި ދްރަޝްތީ ފެނިގެންދަނީ އިރާ ކިޔާ ފުލުހެއްގެ ގޮތުގައިއެވެ. މަރުގެ މައްސަލަ ތަށް ތަހުގީގު ކުރާ ފުލުހުންގެ އިފޮސަރު ދްރަޝްތީ(އިރާ) ގެ ފިރިމީހާ އަކީ ސީރިއަލް ކިލާއެކެވެ.

މިގޭ ފުރަތަމަ ސީޒަން ދައްކައިފައިވަނީ 2022 ވަނަ ދުވަހުގައި ޒީ-5 އިންނެވެ. ދެވަނަ ސީޒަން ވެސް ދައްކާނީ ޒީ-5 އިންނެވެ. ނަމަވެސް އަދި މި ސީރީޒް ދައްކަން ފަށާނެ އިރެއް އިއުލާނެއް ނުކުރެއެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.