ރަންބީރުގެ އުފަން ދުވަހާ ދިމާކޮށް "އެނިމަލް" ގެ ޓިޒާ ދައްކައިލައިފި

ރަންބީރުގެ އުފަން ދުވަހާ ދިމާކޮށް "އެނިމަލް" ގެ ޓިޒާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
04 އޮކްޓޯބަރ 2023 07:59
0

ރަންބީރް ކަޕޫރްގެ 41 ވަނަ އުފަން ދުވަހާ ދިމާކޮށް އޭނަގެ އާ ފިލްމު "އެނިމަލް" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

ބަތަލާ އާލިއާ ބަޓްއާއި 2022 ވަނަ އަހަރުގެ އެޕްރިލް 14 ވުނަދުވަހުގައި ކައިވެނި ކުރި ފަހުން ރަންބީރު ބޮޑު ސްކްރީންއިން ފެނިގެންދާ ފުރަތަމަ ފިލްމް "އެނިމަލް" އަކީ ތަފާތު ފިލްމް އަކަށް ވާނެ ކަމަށް އަންނަނީ ބުނަމުނެވެ. އަދި މި ފިލްމްގައި ރަންބީރު ފެނިގެންދާނީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ރޯލަކުން ކަމަށްވެއެވެ.

 

View this post on Instagram

 

A post shared by T-Series (@tseries.official)

ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުގައި ފާހަގަ ކުރި ރަންބީރު ގެ 41 ވަނަ އުފަންދުވަހާއި ދިމާކޮށް ފިލްމް ގެ ޓިޒާ ޓްރެއިލާ ދައްކައިލައިފައިވާ އިރުގައި، މި ފިލްމަކީ ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކޮށްފައިވާ ގޭންގްސްޓާ ޑާކް ތުރިލާއެކެވެ.

ލީޑުން ރަންބީރު އާއި އެކައި ފެނިގެންދާނީ ސައުތުގެ މަޝްހޫރު ބަތަލާ ރަޝްމިކާ މަންދަނާއެވެ. މީ ދެތަރިން އެކުގަިއ ފެނިގެންދާނެ ފުރަތަމަ ފިލްމްއެވެ. ފިލްމްގެ ކާސްޓުގައި އަނިލް ކަޕޫރާއި ބޮބީ ޑިއޯލްގެ އިތުރުން ޓްރިޕްތީ ދިމްރީ ވެސް ހިމެނެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.