ޑްރޯން ބޭނުންކޮށްގެން މާފުށީ ޖަލަށް ފޯނުތަކެއް ވައްދަން އުޅޭނިކޮށް ހިފަހައްޓައިފި

ޑްރޯން ބޭނުންކޮށްގެން މާފުށީ ޖަލަށް ފޯނުތަކެއް ވައްދަން އުޅޭނިކޮށް ހިފަހައްޓައިފި

Author
މުޙައްމަދު ޖިމީ
09 ޑިސެމްބަރ 2020 10:40
0

ޑްރޯންތަކެއް ބޭނުންކޮށްގެން މާފުށީ ޖަލަށް ފޯނުތަކެއް ވައްދަން މަސައްކަތްކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ޑްރޯން ބޭނުންކޮށްގެން މާފުށި ޖަލަށް ވައްދަން އުޅުނު ފޯނުތަކަކާއި އިތުރު އެއްޗެހިތަކެއް ޕްރިޒަންސް އޮފިސަރުން ރޭގެ ވަގުތެއްގައި އަތުލައިގެންފައިވާކަމަށެވެ. ޖަލަށް ވައްދަން އުޅެނިކޮށް އަތުލައިގެންފައިވަނީ 8 މޮބައިލް ފޯނާއި، 6 ޗާޖަރާއި ވައިފައި ރައިޓަރެއްގެ އިތުރުން ސިމްތަކަކާއި 2 ސިމް ކާޑެވެ.

ޤަވާއިދާއި ޚިލާފަށް ޖަލަށް ވެއްދުމަށް މަސައްކަތްކުރާ ތަކެތި އަތުލައިގަތުމަށް ޖަލު އިފިސަރުން ޚާއްޞަ އިސްކަމެއް ދެއްވާކަމަށްވެސް ކަރެކްޝަނުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.