މަޝްހޫރު ފިލްމީ ތަރި ޝްރީ ދޭވީގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރް މިހާރު މި ވަނީ ފިލްމީ ދާއިރާއާއި ގުޅި، އާންމުންގެ މަގުބޫލްކަން ހޯދަންފަށާފައެވެ. ނަމަވެސް ޖާންވީގެ ކޮއްކޮ ޚުޝީ އަދި ފިލްމީ ދާއިރާއާއި ގުޅިފައެއްނުވެއެވެ. ނަމަވެސް ބޮލީވުޑްގެ ރިޕޯޓްތަށް ބުނާގޮތުގައި ޚުޝީ ވަރަށް އަވަހަށް ފިލްމީ ދާއިރާއަށް ނުކުންނާނެވެ. މި ދެބެންނަކީވެސް އިންސްޓަގްރާމްގައި ވަރަށް ހަރަކާތެރި ދެމިހުނެވެ.
އެގޮތުން މި ފަހުން ޖާންވީ ކަޕޫރް ވަނީ، ގޭގައި އޭނާ ނަށަން ފަރިތަކުރަނިކޮށް ނަގާފައިވަ ވީޑިއޯތައް ހިއްސާކޮށްފައެވެ. އަދި އެ ވީޑިއޯގައި ޖާންވީގެ ކޮއްކޮ ހުޝީ ސޯފާގައި އޮށޯވެލައިގެން ކަންނެތްވެފައި އޮންނަތަން ފެނެއެވެ. ޖާންވީ ލައިގެން ހުރީ ރީނދޫ ކުލައިގެ ހެދުމެކެވެ.
އަދި އެއްވެސް މޭކަޕްއެއްކޮށްފައިނުވާއިރު ބޯ ހުރީ ވަރަށް ރީތިކޮށް އައްސާލާފައެވެ. އަދި ޚުޝީ އިންނަނީ ހުދުކުލައިގެ ބުލޭންކެޓަކުން މުޅިމީހާ ފޮރުވިގެންނެވެ. ވީޑިއޯގައި ފެންނަނީ ޚުޝީ ފޯނާއި ކުޅެން އިންދައެވެ. ޖާންވީ ގެ ނެށުމަށް އެއްވެސް ޝައުގުވެރިމެއް ނުދީ ފާޑަކަށް ފޫހިވެފައި އިންކަމުގެ ކުލަވަރު އޭނާގެ މޫނުމަތިން ފެނެއެވެ.
އަދި މި ތަނުގައި ތިބެގެން ނަގާފައިވާ އެހެން ވީޑިއޯތައްވެސް ޖާންވީވަނީ ހިއްސާކޮށްފައެވެ. ޕޯސްޓަށް ކޮމެންޓް ކުރި ޖާންވީގެ ބައެއް އެކުވެރިން ބުނަނީ، ހީވާ ގޮތުގައި މިއީ ޖާންވީ އަބަދުވެސް ނެށުމަށް ފަރިތަކުރާ އަދި ގޭގައި އެންމެ ކަމުދާ ހޭންގްއައުޓް ކޯނާ ކަމަށެވެ.
ޖާންވީ އެންމެ ފަހުން ފެނިގެން ދިޔައީ ކަރަން ޖޯހަރުގެ "ގުންޖަން ސަކްސޭނާ" އިންނެވެ. އަދި އޭނާގެ ކުރިއަށްހުރި ފިލްމުތަކަށް ބަލާއިރު ރާޖްކުމާރް ރާއޯ އާއެކު ފެނިގެންދާނެ ފިލްމު "ރޫހީ އަަފްސާނާ"ގެ އިތުރުން ކަރަންގެ "ދޯސްތާނާ2″ އިން ކާރްތިކް އާރްޔާން އާއި އަލަށް ފިލްމީ ދާއިރާއަށް ނުކުންނަ ލަކްޝްޔާ ލަލްވާނީ އާއެކު ޖާންވީ ފެނިގެންދާނެއެވެ.